ads
ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އޮފީސް
އުރީދޫގެ ހިދުމަތަށް 19 އަހަރު، ޓެލެކޮމް ދާއިރާއިން ރާއްޖެ ބަދަލުކުރި ކުންފުނި
ރާއްޖޭގެ މުވާސަލާތީ ހިދުމަތަށް އިންގިލާބީ ތަރައްގީއެއް ގެނައި ކުންފުނި އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަމުން ދާއިރު، އުރީދޫން މިދިޔަ 19 އަހަރުގެ ތެރޭގައި އަންނަނީ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ގިނަ ހިދުމަތްތަކެއް ތައާރަފްކޮށް ރާއްޖޭގައި މި ހިދުމަތްތައް ފެންވަރު ރަނގަޅުކޮށް ދެމުންނެވެ.
Advertisement

2005ވަނަ އަހަރު ވަތަނިއްޔާގެ ނަމުގައި ފެށިގެން ހިންގަމުން އައި ކުންފުނި ވަނީ ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް އެތަކެއް ހިދުމަތްތަކެއް ކޮށްފަ އެވެ. ވަތަނިއްޔާ ރާއްޖޭގައި ތައާރަފްވެ ޓެލެކޮމް ދާއިރާއަށް ވަނީ ބޮޑު އިންގިލާބެއް ގެނެސްފަ އެވެ. ވަތަނިއްޔާ އުރީދޫއަށް ބަދަލުވެގެން ދިޔައީ 2013ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނިން ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފްކޮށް ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކި އަތޮޅުތަކަށް 5ޖީގެ ހިދުމަތް ފުޅާކުރީ އެ އަމާޒަށް ވާސިލުވާން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"ލޯޔަލް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރަން. ކުރިއަށް އޮތްތަނުގައި ވެސް އާ އީޖާދީ ޓެކްނޮލޮޖީ ތައާރަފުކޮށް ފުޅާކުރުމަށް މަސައްކަތްކުރާނަން، " އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމަދީ ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިޖިޓަލް އެންމެ ބޮޑު ޓްރާންސްފޮމޭޝަނެއް ގެނައުމަށް އަޅަމުންދާ ޕީސް ކޭބަލްގެ މަސައްކަތް ނިމި، ހިދުމަތް ވަނީ ދޭން ފަށައިފަ އެވެ. ޕީސް ކޭބަލަކީ ސިންގަޕޫރާއި ޔޫރަޕްގެ އިތުރުން އެފްރިކާއާ ވެސް ރާއްޖެ ގުޅާލެވޭނެ ބައިނަލްއަގުވާމީ ކޭބަލެކެވެ.

އުރީދޫއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 125 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 560 މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. 

އުރީދޫ މޯލްޑިވްސްގެ ޖުމްލަ ރައުސުލްމާލުގެ އަގު 4.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އުރީދޫ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް 2016 ވަނަ އަހަރު  ހިއްސާ ވިއްކަން ފެށި ކުންފުނިން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ކުންފުނީގެ އާމްދަނީ އިތުރުކޮށް، ފައިދާ ބޮޑުކުރަމުންނެވެ. އަދި އެކުންފުންޏަކީ ކުރު މުއްދަތެއްގެ ތެރޭގައި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ވެސް ދެމުން އަންނަ ކުންފުންޏެކެވެ.

your imageއުރީދޫގެ އަހަރީ އާންމު ޖަލްސާ 2024

އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެކުންފުނިން ވަނީ 5ޖީ ރާއްޖޭގެ %60 އާބާދީއަށް ފޯރުކޮއްދީފާވާކަން އެކުންފުނިން އިއުލާނުކޮއްފަ އެވެ. އުރީދޫއަކީ މި ހިދުމަތް ފުރަތަމަ ރާއްޖެއަށް ތައާރަފް ކުރި ކުންފުންޏެވެ. 3ޖީއާއި 4ޖީވެސް ފުރަތަމަ ތައާރަފް ކުރީ އުރީދޫއިންނެވެ. އެތަކެއް ހިދުމަތްތަކެއް ފޯރުކޮއްދިނުމުގައި އެންމެ ކުރީ ސަފުގައި އުރީދޫ އަބަދުވެސް ފެނިގެން ދެއެވެ. ކުރިއަށް އޮތްތާގައި 5ޖީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ %100އަށް ފޯރުކޮއްދޭން އުރީދޫއިންވަނީ އަޒުމް ކަނޑަ އަޅާފަ އެވެ.

އުރީދޫއިން ވަނީ ނުޖޫމްގެ ނަމުގައި ލޯޔަލްޓީ ޕްރޮގްރާމެއް ފަށާނެކަމަށް ވެސް ބުނެފައި ވެއެވެ. މީގެ ކުރިން އޮތް ލޯޔަލްޓީ ޕްރޮގްރާމްއާ ނުޖޫމްއާ އޮތް ތަފާތަކީ އުރީދޫގެ ކޮންމެ ކަސްޓަމަރުންނަށް ހުޅުވާލައިގެން ދާ ޕްރޮގްރާމެކެވެ. ނުޖޫމްއަކީ އުރީދޫ ގްރޫޕްއިން އެކި ގައުމުތަކުގައި ބޭނުން ކުރަމުންދާ ޕްރޮގްރާމެކެވެ.

your imageއުރީދޫ ފަން ރަން ހަރަކާތުގެ ތެރެއިން: މި ހަރަކާތުގައި ޖޭޖޭ އޮކޯޗާ ބައިވެރިވެފައިވޭ -

ޒުވާނުންނަށް ފޯކަސް ކޮއްގެން އުރީދޫއިން "އުރީދޫ ނޭޝަން"ގެ ނަމުގައި ޕްރޮގްރާމެއްވެސް ހިންގަ އެވެ. މިއީ އީސްޕޯޓްސްއަށް ހާއްސަ ކުރެވިގެން ހިންގާ ޕްރޮގްރާމެކެވެ. މީގެ ދަށުން އީސްޕޯޓްސް މުބާރާތްތަކާއި ހާއްސަ ޑާޓާ ޕެކްތަކެއް ލިބިގެންދެއެވެ. މިމަސް ތެރޭގައި އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފްގެ ނަމުގަ މުބާރާތެއް ކުރިއަށް ދާނެކަމަށް އުރީދޫއިން ބުނެ އެވެ. ގަތަރުގެ ކުޅުންތެރިންނާ ރާއްޖޭގެ ކުޅުންތެރިން ވާދަ ކުރާ މިމުބާރާތް މީ ރާއްޖޭގައި އަލަށް ކުރެވޭ ކަމެކެވެ. މިމުބާރާތުގައި ކުޅެވޭނީ މަޝްހޫރު ގޭމް ރޮކެޓް ލީގެވެ. މީގެ އިތުރުން އިންޓާ އޮފީސް އީސްޕޯޓްސް މުބާރާތް ބޭއްވުމަށް ހަމަޖެހިފާވާ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

your imageއުރީދޫ އިންޓާ އޮފީސް އީސްޕޯޓްސް މުބާރާތް ފޮޓޯ: އުރީދޫ 

އޭއައި ބޭުނުން ކޮއްގެން ޕޯސްޓުޕެއިޑް ޕްލޭންތައް ފަރުމާކުރުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ. ޓެކްނޮލޮޖީ ކުރިއަރާ ވަރަކަށް އެއާ އެއްވަރަށް އުރީދޫގެ ހިދުމަތްތަށް ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އޭއައި، ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް މިއީ މިހާރު ޓެކްނޮލޮޖީގެ ދާއިރާގާ އަދި އެހެނިހެން ދާއިރާތަކުގައިވެސް ބޭނުން ކުރުން އާންމުވަމުން އަންނަ އެއްޗެކެވެ.

އުރީދޫގެ ބްރޯޑްބޭންޑް ހިދުމަތްތައްވެސް ދަނީ ޒަމާނާއެއްގޮތަށް ކުރިއަރަމުންނެވެ. ދުވެލި ބާރުކޮށް އެލަވަންށް މަތިކޮށް ބްރޯޑްބޭންޑް ހިދުމަތް ދެމުން އަންނަތާވެސް އެތަކެއް އަހަރު ވެއްޖެއެވެ. ފައިބާ ކޭބަލް ބޭނުން ކޮއްގެން ސުޕަނެޓްގެ ހިދުމަތް ރާއްޖޭގެ ގިނަ ސަރަހައްދު ތަކުގާ ދެވެއެވެ.

your imageއުރީދޫގެ 19 ވަނަ އަހަރީ ދުވަހާއި ގުޅޭ ނޫސްވެރިންގެ ބައްދަލުވުން

ކުރިއަށްއޮތްތާގައިވެސް އުރީދޫގެ ފަރާތުން މުޖުތަމައުއަށް ފައިދާ ކުރާ ބައިވަރު މަޝްރޫއުތަކެއް ފެނިގެންދާނެކަމަށް ގަބޫލްކުރެވެއެވެ. އުރީދޫ ފަން ރަން ފަދަ އެންމެނަށް ހުޅުވާލެވިގެން ބޭއްވޭ އިވެންޓުތަކެއް ފެނި، އޭގެން މުޖުތަމައުއަށް އުފާވެރި ބަަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރެ ވެ އެވެ.

މިއަދު ހިދުމަތުގައި 19 އަހަރުގެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު މިއަދު އުރީދޫ މޯލްޑިވްސްއިން އިންވެސްޓުކޮށްގެން، ސިންގަޕޫރާއި ޔޫރަޕާއި އެފްރިކާގެ ރާއްޖެއާ ގުޅާލެވޭ ގޮތަށް ކުޅުދުއްފުށްޓަށް އަޅާފައިވާ ބައިނަލްއަގުވާމީ "ޕީސް ކޭބަލް" ގެ ހިދުމަތް ދޭން ފަށައިފަ އެވެ.

އުރީދޫއިން ބުނީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އެޅި ފުރަތަމަ ބައިނަލްއަގުވާމީ އެ ސަބްމެރިން ކޭބަލްގެ ހިދުމަތް ފެށުމާއެކު، ރާއްޖެއާއި ޔޫރަޕް އަދި ސިންގަޕޫރު ގުޅާލެވިފައިވާ ކަމަށެވެ.

"އުރީދޫއިން ރާއްޖޭގެ އާބާދީގެ 60 ޕަސަންޓު މީހުންނަށް މިހާރު 5G ގެ ހިދުމަތް މިވަނީ ފޯރުކޮށްދީފައި. ކުރިއަށް އޮތްތަނުގައި އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 5G ގެ ހިދުމަތް ފޯރުކޮށްދިނުން،" އުރީދޫ މޯލްޑިވްސް އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށާއި، އިނޮވޭޓިވް ސޮލިއުޝަންތަކާއި، ތަފާތު ހިދުމަތުގެ ޒަރިއްޔާއިން މިއަދު އުރީދޫއަކީ ދިވެހިންނާ އެންމެ ގާތް އެކުވެރިޔާ އެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އުރީދޫއަކީ ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އަދި މި ދިގު މުއްދަތުގައި އެ ކުންފުނިން ހޯދި ކާމިޔާބީތަކަކީ ދިވެހިންގެ އިތުބާރު އެ ކުންފުނިން ހޯދި އެންމެ ބޮޑު އެއް ސަބަބެވެ. އެ ކުންފުނިން އާ އަހަރަކަށް މަރުހަބާ ކިޔާ އިރު ކުރިއަށް އޮތީ ވެސް ކުރިއެރުމުގެ ދުވަސްތަކެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް