ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކްރިއޭޓިވް އިކޮނޮމީ ފަންޑު ހުޅުވުމުގެ ތެރެއިން
ކްރިއޭޓިވް އިކޮނޮމީ އަށް ހާއްސަ ވޯކްޝޮޕްތަކެއް
ކްރިއޭޓިވް އިކޮނޮމީ ތަރައްގީކުރުމަށް ހާއްސަ ވޯކްޝޮޕްތަކެއް ފަށައިފިއެވެ.
Advertisement

މި ވޯކްޝޮޕް ތަކަކީ ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭއްވޭ ހާއްސަ ބައްދަލުވުންތަކެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 

އިކޮނޮމިކް މިނިސްޓަރުގެ އިސްނެގުމާއެކު ޖުލައި 1 އިން 6 އަށް ބޭއްވޭ މި ބައްދަލުވުންތައް ކުރިއަށްދަނީ އޭޑީބީގެ ޓެކްނިކަލް އެސިސްޓެންސްގެ ތެރެއިން، ޔޫއެންޑީޕީ އަދި ބްރިޓިޝްކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. މި ވޯކްޝޮޕްތަކުގައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ އިދާރާތަކާއި، ރާއްޖޭގެ ކްރިއޭޓިވް ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަންތީގެ ވިޔަފާރިތަކުގެ އިތުރުން، ރިސޯޓުތަކާއި، ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައިވެރިވަމުންދެއެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނައިބު ޑރ. އާއިޝަތު ޝަހުދާ އަބްދުﷲ ވިދާޅުވީ މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ 'ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2024 – 2028' ގެ ތެރެއިން، ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ޓޫރިޒަމްގެ ސިނާއަތުގައި ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. 

މީގެއިތުރުން ދިވެހި އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއި، ކަމާގުޅުންހުރި ހުރިހާ ފަރާތްތަށް ގުޅިގެން މަސައްކަތް ކުރާނެ މަގުތައް ދެނެގަނެ، އެކަންކަން ހާސިލްކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށްވެސް ޝަހުދާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް