ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް ޑރ. މުހައްމަދު މުއިއްޒު
ކެނެޑާގެ ގައުމީ ދުވަހާ ގުޅިގެން ރައީސް މުއިއްޒުގެ ތަހުނިޔާ
ކެނެޑާގެ ގައުމީ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
Advertisement

ރައީސް އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓުގައި، ކެނެޑާގެ ގަވަރުނަރު ރިޓަޔަރޑް ހޮނަރަބަލް މެރީ ސައިމްން އަދި ބޮޑުވަޒީރު މާކް ކާނޭ އަށް ތަހުނިޔާ ދެންނެވިއެވެ. މީގެ އިތުރުން ކެނެޑާގެ ރައްޔިތުންނަށްވެސް ތަހުނިޔާ ރައްދުކުރެއްވިއެވެ.

ރާއްޖެއާއި ކެނެޑާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނު ފަހުން ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާ މިންވަރަށް ރައީސް މުއިއްޒު އަލިއަޅުވާލެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެ ގައުމުން ގުޅިގެން މަސައްކަތްކޮށް މި ގުޅުން އިތުރަށް ބަދަހިކުރެވޭނެކަމަށް ވިދާޅުވިއެވެ. ކޮންމެ އަހަރެއްގެވެސް ޖުލައި 1 ވަނަ ދުވަހު ކެނެޑާ ޑޭ ފާހަގަކުރެއެވެ. ރާއްޖެއާއި ކެނެޑާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވިފައިވަނީ 19 ޖެނުއަރީ 1983 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް