ads
ޔޮޓް މެރީނާ ހެދުމުގެ އެއްބަސްވުމުގައި އެމްޕީއެލްއާއި އުލިގަމް ކައުންސިލުން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޕީއެލުން އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން އެރަށު ކައުންސިލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު އުލިގަމު ކައުންސިލްގައެވެ. އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރީ އެ ކައުންސިލްގެ ރައީސް އަހްމަދު މުއާޒް މުހައްމަދެވެ. 

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލުން އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކުރާނެއެވެ. އަދި އެ ރަަށަށް އަންނަ ޔޮޓްތަކަށްް ބޭނުންވާ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދޭންޖެހެއެވެ.

your imageޔޮޓް މެރީނާ ހެދުމުގެ އެއްބަސްވުމުގައި އެމްޕީއެލްއާއި އުލިގަމް ކައުންސިލުން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން 

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ މި ޔޮޓް މެރީނާގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ. އަދި މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމާ ހިދުމަތް ދޭން ފަށާނެކަމަށްވެސް ވަޖީހު ވިދާޅުވީއެވެ. 

" ކޮންސެޕްޓް ހަދާ ނިމި، އިންވެސްޓަރުންނާ ވާހަކަ ދައްކަމުން މިދަނީ. މާލަސްތަކެއް ނުވެ މި އަހަރުގެތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ." ވަޖީހު ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަ ޔޮޓްތައް އެންމެ ގިނައިން ބަނދަރުކުރަމުން އަންނަ ރަށަކީ ހއ. އުލިގަމެވެ. 


ހއ. އުލިގަމުގައި ޔޮޓް މެރީނާ އާއެކު ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މިދިޔަ ސަރުކާރުގައިވެސް ހުޅުވާލިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް