ads
މެޓް އޮފީހަށް 50 އަހަރު، 24 ގަޑީރު މެދުނުކެނޑި ހިދުމަތުގައި - ފޮޓޯ: މެޓް އޮފީސް
މެޓް އޮފީހަށް 50 އަހަރު، 24 ގަޑިރު މެދުނުކެނޑި ހިދުމަތުގައި
ރާއްޖޭގެ މޫސުމާއިބެހޭ ގައުމީއިދާރާ "މީޓިއޮރޮލޮޖިކަލް ސެންޓަރު" 24 ގަޑީރު މެދުނުކެނޑި ހިދުމަތްދޭތާ 50 އަހަރު މިއަދު ވެއްޖެ އެވެ.
Advertisement

މި އިދާރާ "މީޓިއޮރޮލޮޖިކަލް ސެންޓަރު" ގެ ނަމުގައި ރަސްމީކޮށް ހުޅުވީ 1 އޮގަސްޓް 1974ގަ އެވެ. އަދި ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއެއްގެ މެންބަރަކަށް ރާއްޖެ ވެފައިވަނީ 1 ޖޫން 1978ގަ އެވެ. 

މި ދުވަހާއި ގުޅިގެން މެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިން މެޓްއޮފީސް ގާއިމު ކުރެވިފައިވަނީ ހަމައެކަނި މާލެއާއި އައްޑޫއަތޮޅުގައި އެކަނިކަމަށެވެ. ނަމަވެސް މިހާރު ލ. ކައްދޫ އަދި ގދ. ކާޑެއްދޫގައި ވަނީ މެޓްއިފީސް ގާއިމު ކުރެފި އެވެ. އަދި މި މެޓްއޮފީސްތަކުން މެދުނުކެނޑި 24 ގަޑިއިރު މޫސުމާއި ބިންހެލުން އަދި ސުނާމީ އާއި ބެހޭ މައުލޫމާތު އެއްކޮށް، މޫސުން ކުރިޔަށް ލަފާކޮށް، ދުރާލައި އިންޒާރުދޭ ނިޒާމެއް ގާއިމުކުރެވި މިދާއިރާ މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ.

your imageމޫސުން ދެނެގަންނަން މެޓުން ބޭނުން ކުރާ ބައެއް ސާމާނު

ރާއްޖޭގެ 43 ރަށެއްގައި މޫސުންބަލާ އޮޓަމެޓިކް ސްޓޭޝަން ހަރުކުރެވި ވަގުތުން ވަގުތަށް އެ ސަރަހައްދުތަކުން މޫސުމާއިބެހޭ މައުލޫމާތު އެއްކުރެވުމުންދާނެ ކަމަށާއި، ރާޑރ ސިސްޓަމާއި ސެޓްލައިޓް ފޮޓޯލިބޭ ނިޒާމާއި، ނިއުމެރިކަލް ވެދަރ ޕްރެޑިކްޝަން މޮޑެލް ކުރުމާއި އަދި ލައިޓްނިން ޑިޓެކްޝަން ސިސްޓަމްވެސް މިހާރު ހަރުކުރެވިފައިވާ ކަަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން ބަޔާނުގައި ވަނީ، ދުރާލާ އިންޒާރުދޭ ސިސްޓަމުގެ ތެރެއިން ބައިނައްލަގުވާމީ މިންގަނޑުތަކަށް ފެތޭ "ކޮމަން އެލާޓިން ޕްރޮޓޮކޯލް" މިހާރު ރާއްޖޭގައި ގާއިމުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށާއި، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ފޯރުކޮށްދޭ މޫސުމާއިބެހޭ މައުލޫމާތުވެސް ދަނީ ދުނިޔޭގެ ސިވިލް އޭވިއޭޝަން މިންގަނޑާއި އެއްގޮތަށް ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް