މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަން މި ބާއްވާނީ އެ ކައުންސިލްގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު ރަމީޒު ކުއްލި ގޮތަކަށް މިދިޔަ 13 ވަނަދުވަހު ނިޔާވުމާއި ގުޅިގެންނެވެ.
އީސީން ބުނީ މާރަންދޫ ބައި-އިލެކްޝަން އޮންނާނީ އަންނަމަހުގެ 14 ވަނދުވަހުކަމަށެވެ. ކޮމިޝަނުން ވަނީ މި ބައި-އިލެކްޝަންގައި ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އާއްމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ރަޖިސްޓްރީއަށް ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ 11 ވަނަ ދުވަހެވެ.