މި ގަވައިދު ބުނާގޮތުން މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ.
ކައުންސިލްގެ ރައީސްގެ ގޮތުގައި ހުންނާނީ އިސްލާމީ މަރުކަޒަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ހުންނަ އިސް އިމާމެވެ. މި މަގާމުގައި މިނިސްޓަރުން ފެންވަރުގައި މިހާރު ހުންނެވީ މުހައްމަދު ލަތީފްއެވެ.
ކައުންސިލް އެކުލެވިގެންވާ ގޮތް
ގަވާއިދު ބުނާގޮތުން މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އެކުލަވައިލާނީ އިސްލާމިކް މިނިސްޓަރެވެ. މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުން ޖަވާބުދާރީވާނީވެސް މިނިސްޓަރަށެވެ. އަދި ޤައުމީ މަޖިލީހަށް ބަދަލުގެނައުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާކަމަށްވެސް އެ ގަވައިދުގައިވެއެވެ.
ގަވާއިދު ބުނާގޮތުން މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް މެންބަރުންނަށް ސިޓިންގ އެލަވަންސްއެއް ލިބެއެވެ. އަދި މި އެލަވަންސްތައް ދޭންވާނ،ީ މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތީންކަމަށްް އެ ގަވައިދުގައި ބުނެއެވެ.
މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހަށް އައްޔަނުކުރެވޭ މެންބަރަކު މެންބަރުކަމުގެ މަގާމުގައި ދެމިހުންނާނ،ީ އެ މެންބަރަކު އައްޔަނުކުރާ ތާރީހުން ފެށިގެން ފަސް އަހަރުދުވަހުގެ މުއްދަތަށް ނުވަތަ މަގާމުގެ މުއްދަތު ނިމުމާ ހަމަޔަށް ނުވަތަ މަގާމު ބަދަލުވުމާ ހަމަޔަށެވެ.