އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ގިނަ ފަރާތްތަކުން، ޕާކްކުރުމަށް ސްލޮޓަށް އެދެމުންދާތީ، އެސަރަޙައްދުގައި ވެހިކަލް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުން ސްލޮޓް ކުއްޔަށް ދިނުމަށް މި މަހުގެ 15 ވަނދުވަހު ހުޅުވާލާނެކަމަށްް އެމްޕީއެލުން ބުނެއެވެ. އަދި ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ސްލޮޓްތަކުގެ އަދަދުން، ފުރަތަމަ އެދޭ ފަރާތަކަށް ފުރަތަމަ ދިނުމުގެ އުސޫލުންކަމަށްވެސް އެމްޕީއެލުން ބުނެއެވެ.
ސްލޮޓް ކުއްޔަދޭން ނިންމާފައިވާ އަގުތައް
މާލެ އިންޑަސްޓްރިއަލް ވިލެޖްސަ ރަޙައްދުން ވެހިކަލް ޕާކްކުރުމަށް ސްލޮޓް ކުއްޔަށް ނެގުމަށް ޝައްއުޤުވެރިވާ ފަރާތްތަކުން، ލިއުމަކުން ހުށައެޅުމަށްް އެމްޕީއެލް އިން އެދެއެވެ. އަދި އެ ލިއުމާއިއެކު ވެހިކަލްގެ ރެޖިސްޓަރީ، އިންޝުރެންސް، ރޯޑްވާދިނަސް، ތެޔޮ ނުވަތަ ގޭސް އުފުލާ އުޅަނދެއް ކަމުގައި ވާނަމަ ޑިފެންސް މިނިސްޓްރީ / އެމްއެންޑީއެފް އިން ދީފައިވާ ލިޔުން އަދި ވެރިފަރާތް / އޮޕަރޭޓް ކުރާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަން ޖެހޭނެކަމަށްވެސް އެމްޕީއެލުން ބުނެ އެވެ.