ads
ބަންކަރިންގ ހިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވަނީ ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނައުން
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށަން ބޭނުންވާ ބޯޓުތައް ގެނެސްފި
އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ބޯޓުތައް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ގެނެސްފި އެވެ.
Advertisement

އެމްޕީއެލް އިން ބުނީ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނެސްފައިވާ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް މި މަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވެ އެވެ. ސައީދު ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދުން 300-450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓު ފަހަރު ދަތުރު ކުރާނެ ކަމަށެވެ.

އޭގެ ތެރެއިން އެއް ޕަސެންޓަށްް ބަންކަރިން ހިދުމަތް ދިން ނަމަވެސް ފުރަތަމަ އަހަރުވެސް ރާއްޖެއަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އިހަވަންދިއްޕޮޅުގައި ހަދާ ބަންކަރިން ހިދުމަތް ފަށަން ހަދާ އޮފީހުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން މަޝްރޫއެއް ހިންގަން ހަކަތައިގެ ވިޔަފާރި ކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކީ އެސްޓީއޯ އިން ސޮއިކުރީ މާޗް 13 ގަ އެވެ.

އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ވިޓޯލް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގް އެވެ.

ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓު ފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ. މީގެ ކުރިން މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އެންމެ އުތުރުގައި، ބަންކަރިން ހިދުމަތްތަކާއި އެ ސަރަހައްދުގެ ބޯޓުތަކަށް ބޭނުންވާ އިތުުރު ހިދުމަތްތައް ދިނުމަށް ސަަރުކާރުން ވިސްނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ބަންކަރިންގެ ހިދުމަތުގެ އިތުރުން، މި ސަރުކާރުން އިހަވަންދިއްޕޮޅު ތަރައްގީ ކުރަން ނިންމާފައި ވަނީ މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތައް މި މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް