ފުލުހުން ބުނީ މިރޭ 8 ހާއިރު ހަނިމަދޫ އެއާޕޯޓުގައި މަސައްކަތް ދެ ބިދޭސީ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުުހުން ބުނީ އެ ދެ މީހުން މާރާމާރީ ހިންގީ ހަތިޔާރު ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ނުބުނެ އެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަނިޔާވި މީހާ އަށް މިވަގުތު ހަނިމާދޫ ހެލްތު ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.