ads
ޒުލްފާ
ޒުލްފާ ފޮރިން މިނިސްޓްރީގެ ސްޓޭޓަކަށް ބަދަލުކޮށްފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް ޒުލްފާ ފޮރިން މިނިސްޓްރީގެ ސްޓޭޓްް މިނިސްޓަރަކަށް ބަދަލުކޮށްފިއެވެ.
Advertisement

ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށްް އައްޔަންކުރީ މިދިޔަ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ. 

މަގާމު ބަދަލުކުރިކަން ޔަގީން ކޮށްދެއްވަމުން ޒުލްފާ ވިދާޅުވީ އެގޮތަށް ނިންމީ ކީއްވެގެންކަން އެނގިވަޑައިގަނުގަންނަވާ ކަމަށެވެ. އެހެެންނަމަވެސް އެ ނިންމެވުމަށް އިހްތިރާމު ކުރައްވާކަމަށްް ޒުލްފާ ވިދާޅުވިއެވެ. 

ކުރިން އެމްޑީޕީގައި ހުންނެވި ޒުލްފާ ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވެޑައިގަތީ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުންނެވެ.

ޒުލްފާވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. އެލްޖީއޭގެ ސީއީއޯކަމަށް އައްޔަން ކުރުމުގެ ކުރިން ޒުލްފާ ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.

ޑރ. މަރްޔަމް ޒުލްފާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ހާސިލްކުރައްވާފައެވެ. އަދި ޑރ. މަރްޔަމް ޒުލްފާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލް.އެލް.އެމް.) ހާސިލްކުރެއްވުމުގެ އިތުރުން ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.) ހާސިލްކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް