ފޮރިން މިިނިސްޓްރީން ބުނީ، ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ގޮލަމް ސަރުވާރު ރާއްޖެ ވަޑައިގަތީ 2023 އޮކްޓޫބަރު މަހު އެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ތައާރަފްވުމުގެ ދަތުރުފުޅެއްގައި ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ކުރައްވާނެ ކަމަށާއި، އަދި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާ ވެސް ބައްދަލު ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ވަނީބުނެފަ އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނާ އެކު އަނބިކަނބަލުން ތަސްލީމާ ސަރުވާރު އަދި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރު ޝާހިޔާ އަލީމަނިކް އަދި ބަވެޝް ރ. ޓްރިވެޑީ ބައިވެރިވަޑައިގަންނަވަ އެވެ
ދަތުރުފުޅު ނިންމެވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.