މިއީ 2022ގައި ޑިޓިއުން ބޭންޑާއި ރެސިޑެންސީ ރިސޯޓްސް މާލެ ޕްރައިވެޓް ލިމިޓެޑް ދަށުން ހިންގާ ދަ ސެއިންޓް ރޭޖިސް މޯލްޑިވްސް ވޮށްމުލި ރިސޯޓާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ މައްސަލަ އެކެވެ.
މި މައްސަލައިގައި އެ ބޭންޑަށް، 29000 ޑޮލަރު ދައްކަން އެ ރިސޯޓުގެ މައްޗަށް އޮތީ ކުރިން ސިވިލް ކޯޓުން ހުކުމެއް ކޮށްފައެވެ. އެ ފައިސާ ނުދައްކަން ވެގެން އެ ރިސޯޓުން ދިޔައީ ހައިކޯޓަށެވެ.
ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ފައިސާ ނުދިނުމަށް ހައިކޯޓުން އަމުރު ކުރީ އާދިއްތަ ދުވަހު އެވެ. ހައިކޯޓުން ޑިޓިއުން ބޭންޑާ ދެކޮޅަށް މި އަމުރު ނެރުނީ، ރެސިޑެންސީ ރިސޯޓުން އެދިގެންނެވެ.
އެ މައްސަލަ ބަލައި، ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ 29،000 ޑޮލަރު ނުވަތަ 447،180 ރުފިޔާ ސެއިންޓް ރޭޖިސް އިން ޑިޓިއުން ބޭންޑަށް ދައްކަން ޖެހޭ ކަމަށެވެ. 29000 ޑޮލަރަކީ ސީދާ ގެއްލުމުގެ ބަދަލުގައި 25،000 ޑޮލަރު އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 4،000 ޑޮލަރެވެ.