ޕެންޝަން އޮފިހުން އެކަން ހާމަ ކުރީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާއާ މައުލޫމާތުދެއްވަމުންނެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ ޑަބަލް ޕެންޝަންގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަަމަށާއި އެކަން ހައްލުކުރަން ވަރަށް ގިނަ މަސައްކަތްކުރިކަމަށެވެ.
އެކަން ހައްލުކުރުމަށް ކެބިނެޓް ލެވެލްގައި ޓެެކްނިކަލް އިންޕުޓް ފޮރުކޮށްދީ، ރިސާޗް ހަދާ އެގެ ސަބަބުން އަންނާނެ ގޮންޖެހުންތަކާއި، އެހުރިހާ ކަމަކަށް ލިޔެކިޔުން ތައްޔާރުކޮށް ހަވާލުކުރެވިފައި ހުންނާނެކަމަށް ސުޖާތާ ވިދާޅުވި އެވެ. އެގޮތައް ލިބުނު ހުރިހާ ފުރުސަތުތަކެއްގެ ބޭނުން ހިފާފައި ހުންނާނެކަމަށް ސުޖާތާ ވިދާޅުވި އެވެ.
ޑަބަލްޕެންޝަންގެ އެކި ބާވަތްތައް ހުންނަކަމަށް ފާހަގަކޮށް ސުޖާތާ ވިދާޅުވީ ޕެންޝަން ނިޒާމް އަލަށް އެކުލަވާލައިގެން އާއިރު ކުރީގައި ހިދުމަތުން ތިއްބެވި ބޭފުޅުން އެ ބޭފުޅުނަށް ނިޒާމް ފެށިގެން އާއިރުވެސް ސުމަކުން ނުފައްޓާ "އެކްރޫޓަރައިޒް"ގެ ގޮތުގައި ކުރީގައި ވޭތުވެދިޔަ ހިދުމަތުގެ އަގު ވަޒަންކޮށްފައި 14 ޕަސަންޓްގެ ގޮތުގައި ޖަމާ ކޮށްދީފައި ހުންނާނެކަމަށް ސުޖާތާ ވިދާޅުވި އެވެ. އެގޮތުން ހިދުމަތުގައި އުޅުއްވާފައި ހުރި ކޮންމެމީހެއްގެ އެކައުންޓް އޯޕަންކޮށް އިންނާނެ ކަމަށާއި އެހެންކަމުން އެއޮތީ ކުރީގެ ހިދުމަތް ދެނެގަނެވިފައިކަަމަށް ސުޖާތާ ވިދާޅުވިއެވެ.
މީގެ އިތުރަށް ދައުލަތުގެ ވަޒީފާއެއް އޮންނަންޏާ ކޮންމެ މަހަކު ދައުލަތުންވެސް ފައިސާ މުވައްޒަފުން ދެމުންދާކަމަށާއި ކޮންމެ މީހެއްގެ ވަޒީފާގައި އުޅޭ މުއްދަތުގައި އެއިންނަނީ ޕެންޝަން އެކައުންޓަށް ކޮންޓްރިބިއުޓް ކުރެވިފައި ކަމަށް ސުޖާތާ ވިދާޅުވި އެވެ.
ފަންޑުން ފައިސާ ނަގާކަމަށް ވެއްޖެއާމުން އެއްވެސް އެކަހަލަ ޓާގެޓެއް ފުރިހަމަ ނުވާނެ ކަމަށްވާއިރު ސިޔާސަތުތައް ކަަނޑައެޅުމުގައި މަގްސަދު ހާސިލްކުރުވޭނެ ގޮތަކަށް ބަދަލު ގެންނަންވާނީ ދިރާސާތައް ކުރެވިގެން ކަމަށްވެސް ސުޖާތާ ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން ނިމުނު މަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަ ދައްކަވަމުންން ވޯލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް ރޮބާޓް ޕެލެސިއޯސް ވިދާޅުވީ އާބާދީގެ އެންމެ މުއްސަދި 10 ޕަސެންޓު ނުވަތަ 20 ޕަސެންޓަށް ޕެންޝަން ސްކީމުން ފައިދާ ނުވާނެ ގޮތް ހެދިދާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު 13 އިދާރާއަކުން ޑަބަލް ޕެންޝަން ދޭއިރު އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރަނީ ސިފައިންނާއި ފުލުހުންނަށެވެ.
އެކަންކަމަށް އިޝާރާތްކޮށް ރޮބާޓް ވިދާޅުވީ ރާއްޖޭގެ ޕެންޝަން ނިޒާމް މިވަގުތު ހިންގަނީ އެންމެ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށެވެ. އަދި ސިފައިން، ފުލުހުން، ޖުޑިޝަރީ އާއި އެހެން މިނިވަން މުވައްސަސާތަކުން ދޭ ޕެންޝަން ސްކީމުތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހޭކަމަށެވެ.