ads
ހަސީނާ އާއި ދެކޮޅަށް ވަނީ މަދަނީ ނުކިޔަމަންތެރިކަމުގެ ކެމްޕޭނެއް އިއުލާނުކޮށްފަ
ގައުމު ދޫކޮށް ފިއްލެވި ހަސީނާ ޔޫކޭއިން ހިމާޔަތް ހޯއްދަވަނީ
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާގެ އިސްތިއުފާއަށް ގޮވާލުމަށް ބޭއްވި މުޒާހަރާތަކާ އެކު، އޭނާ މިއަދު ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
Advertisement

ދުނިޔޭގެ ބޮޑެތި މީޑިއާ ހައުސްތަކުން ބުނިގޮތުގައި ހަސީނާ ހެލިކޮޕްޓަރެއްގައި ވަޑައިގަތީ އިންޑިއާގެ އަގާޓަލާ ސިޓީއަށެވެ. ހަސީނާގެ އަރިސް ބޭފުޅަކު އޭއެފްޕީ އަށް ބުނި ގޮތުގައި ހަސީނާ ގައުމު ދޫކޮށް ވަޑައިގަތީ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށެވެ.

ބަންގާޅު ލޯކަލް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާގައި މަޑު ކުރެއްވުމަށްފަހު ހަސީނާ ދެން ވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށެވެ. އަދި އެގައުމުން ހަސީނާ އަދި އޭނާގެ އާއިލާއަށް ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ހަސީނާ ވަޑައިގަތުމާ ގުޅިގެން، އަސްކަރިއްޔާގެ ވެރިޔާ ވަނީ ވަގުތީ ސަރުކާރަކުން ވެރިކަމާ ހަވާލުވާނެ ކަމަށް ވިދާޅުވެ، އަމާންކަން ގާއިމުކުރުމަށް އެދިވަޑައިގެންފަ އެވެ.

ވިދިވިދިގެން ހަތަރު ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުންދިޔަ ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ފިއްލަވާފައި މިވަނީ އެ ގައުމުގައި އޭނާގެ ވެރިކަމާ ދެކޮޅަށް ވަރުގަދަަ މުޒާހަރާތަކެއް ފަށައި، އެތައް ބަޔަކު މަރުވެފައި ވަނިކޮށް ކަމަށެވެ.

ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހެލިކޮޕްޓަރެއްގައި ފުރާވަޑައިގަތީ އެ ގައުމުގައި މުޒާހަރާ ކުރާ މީހުން ރިޔާސީ ގަނޑުވަރާ ހަމައަށް ކައިރިވެ ގަނޑުވަރަށް ގާއުކަން ފެށުމުން ގޮތް ހުސްވެގެންނެވެ. 

އިސްތިއުފާ ދެއްވުމަށް ހަސީނާއަށް މަޖުބޫރުވީ އެ ގައުމުގައި ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ނެގުމުގައި އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނައުމަށް އާންމުން ކުރި އާދޭހާއި މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ހުށަހެޅި ހުށަހެޅުންތަކަށް ބީރުކަންފަތެއް ދެއްވުމާ ގުޅިގެން ނެވެ.

މިދިޔަ މަހު މުޒާހަރާކުރި އިރު ސިފައިންނާއި ފުލުހުން ވެސް މުޒާހަރާގެ ބައިވެރިންނަށް އެއްވެސް ފުރުސަތެއް ނުދީ ކުރިމަތިލި ނަމަވެސް އިއްޔެ ކިތަންމެ ސަރަހައްދެއްގައި ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ދޫކޮށްލާފައި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް