ads
ހ. ދޫވެހި: މިގެއަކީ ގ. ދޫވެހި ވިއްކާލެއްވުމަށްފަހު ރައީސް ޔާމީން ބައްލަވައިގެންނެވި ބިމެއް - ފައިލް ފޮޓޯ
ޔާމީނު ގަތް ބިމުގައި 12 ބުރިއަށް އިމާރާތް ކުރާތީ ފަލާހު ސުވާލު އުފައްދައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހެންވޭރުން ގަތް ބިމުގައި އަޅާފައިވާ އިމަރާތާމެދު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ސުވާލު އުފައްދަވައިފި އެވެ.
Advertisement

ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ފަލާހުވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އެގޮތުން ޔާމީނު ހެންވޭރުން ގަތް ބިމުގައި އަޅާފައިވާ އިމަރާތާމެދު ވެސް ފަލާހު ސުވާލު އުފެއްދެވި އެވެ. މާލޭގައި އެވަރުގެ ބިމެއް 12 ބުރިއަށް އިމާރާތް ކުރެވޭނީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާއަށް ކަމަށާއި ލޯނެއް ނުނަގައި އެފަދަ އިމާރާތެއް ކުރާނަމަ ރައްޔިތުންވެސް ސުވާލު އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ދޮގެއް ނޫން. އެހެން ނަމަވެސް ފަސް މިލިއަން ޑޮލަރު ވެސް، ދިވެހި ފައިސާ އިން ގުނާ ކަމަށް ވަންޏާ 77 މިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. މި ވެސް ވީ ތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ރައްޔިތުން ސުވާލު އުފައްދަނީ ހަގީގަތުގައި 3،400 އަކަފޫޓުގެ ބިމެއް މާލޭގައި 12 ބުރިއަށް ނެގޭނީ ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އަށް،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ޔާމީނުގެ ބޭންކު އެކައުންޓުގައި ދައުލަތުގެ ބަޖެޓާ އެއްވަރަށް ފައިސާ އެބަހުރި ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި ޔާމީންގެ އެކައުންޓަށް އަޅާ ފައިސާ ނެގޭނެ ގޮތެއް ނޯވެއެވެ. ޗެކު މެދުވެރިކޮށް، ނުވަތަ ޓްރާންފާކޮށްގެން ވެސް އެ ފައިސާ ނެގެން ނޯންނަ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަނެއްކާ މިވާ ގޮތަކީ މި އެކައުންޓުތަކަކީ ހަމަ އެކަނި ޑިޕޮސިޓު ކުރެވޭ އެކައުންޓުތަކެއް. ޗެކު ފޮތެއް ނޯވޭ ނުއެއް ނެގޭ. ޓްރާންސްފާ ކުރެވޭނެ ގޮތެއް ނުހުރޭ. އެހެންމާ މަދެއް ނުވޭ މިޔަކުން ދުވަހަކު ވެސް އެއްޗެއް. ހައްތަހާ ވަނީ ގިނަ. ގިނަ ވަމުންވަމުން ގޮސް އަޅުގަނޑުމެންނަށް މިހާރު މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީނުގެ ކައުންޓުގައި މިހާރު އެބަހުރި މި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ،" ފަލާހު ވިދާޅުވި އެވެ.

މިއީ ވެސް މަލީހާއި ޖަމީލު ދައްކަވާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ފަލާހުވަނީ އެ ދެ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ސައޫދީ އަރަބިއްޔާ އިން ފަސް މިލިއަން ޑޮލަރު ލިބުނު ވާހަކަ ވެސް ވިދާޅުވީ، ސީދާ "ޔާމީންގެ ދޫފުޅުން" ކަން ފަލާހުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އޭރުގައި ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެކަމަށް ހެކިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތަކަށް ފައިސާ ލިބުނު ކަމަށް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، އެ ގޮތަށް ލިބޭ ފައިސާ ހުންނަން ޖެހޭނީ ޕާޓީގައި ކަމަށާއި އަމިއްލަ އެކައުންޓުގައި އެ ފައިސާ ބެހެއްޓުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

ދެހާސްއަށާރަ ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެމަނިކުފާނުގެ އެކައުންޓުގައި 400- 500 މިލިއަން ރުފިޔާ ހުރި ކަމަށާ އެފައިސާ ހޯދީ ކިހިނެއްތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މިރޭގެ ޖަލްސާގައި ވަނީ ސުވާލު އުފައްދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް