ads
މުޑުދާރުކޮށް ހަދާ ވިއްކަން ނެރެފައި ހުރި ތަކެތި
މުޑުދާރުކޮށް ހަދާ ވިއްކަން ބެހެއްޓި އެއްޗެހި މީ، ހަމަ ގަންނާނަންތަ؟
މުޑުދާރުކޮށް ކާއެއްޗެހި ހަދާ ދިވެހިންނަށް ވިއްކާ ނެރެފައި ހުރި ތަކެތީގެ ނަންތައް އިމިގްރޭޝަނުން ދައްކާލައިފިއެވެ.
Advertisement

މުޑުދާރުކޮށް ކާއެއްޗެހި ހަދާ ދިވެހިންނަށް ވިއްކާ މައްސަލާގައި ތިން ބިދޭސީންއަކު ވަނީ ހައްޔަރުކޮށްފައެވެ. 

މި މީހުން އަތުލައިގެންފައިވަނީ ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ މުޑުދާރު ގެއެއްގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދަނިކޮށްކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެތަން ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް އިމްގްރޭޝަނުން ވަނީ އެދިފައެވެ. 

your imageމުޑުދާރުކޮށް ހަދާ ވިއްކަން ނެރެފައި ހުރި ތަކެތި 

މީ މީހުން ހަދާ ވިއްކަން ނެރެފައިވާ ތަކެތި ހުރީ އެކި ބްރޭންޑް ނަންތައް ޖަހައިގެން ބަންދުކޮށްފައެވެ. އޭގެތެރޭގައި ކަންމަތީ ފިހާރަތަކުގައި ވިއްކަން ހުންނަ  އަތުޖެހި. ކުދި ގުޅަ، ހަނާކުރި ފޯއް، ތެއްލިފަތް އެބަހުއްޓެވެ. މީގެއިތުރުން އެކި ރަހަތަކަށް ހަދާފައި ހުރި ފޯއް ޕެކެޓްތެއްވެސް އެބަ ހުއްޓެވެ. 

your imageމުޑުދާރުކޮށް ހަދާ ވިއްކަން ނެރެފައި ހުރި ތަކެތި 

އިމްގްރޭޝަނުން މިވަނީ މި ތަކަތި ހަދާފައިވާ ނަންތައް އެނގޭ ގޮތަށް އެތަކެތީގެ ފޮޓޯތައް އާއްމުކޮށްފައެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމްލަ 120 މީހުން އިމިގްރޭޝަންގެ ދަށަށް ގެނެވި، އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. 

your imageމުޑުދާރުކޮށް ހަދާ ވިއްކަން ނެރެފައި ހުރި ތަކެތި

މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް