އެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ މަތީ ތަޢުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކަކުން ދަނީ އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް އެކިއެކި ސޯޝަލް މީޑިއާ ތަކުގައި އިސްތިހާރު ކުރަމުންކަމަށެވެ.
އެހެންކަމުން ކިޔަވާ ދަރިވަރުން އެ ޕްރޮގްރާމަކަށް އެންރޯލް ވުމުގެ ކުރިން، އެ ޕްރޮގްރާމް އިސްތިހާރު ކޮށްފައިވަނީ އެމް.ކިއު.އޭ އިން ހުއްދަ ދީފައިވާގޮތަށްކަން ކަށަވަރުކުރުމަށް އެ އިދާރާ އެދެއެވެ. އަދި ކިޔެވުން ފެށުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މައުލޫމާތު ހޯދުމަށް އެމް.ކިއު.އޭ ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެމް.ކިއު.އޭ ބުނީ ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ލިސްޓާއި އަދި އެހެނިހެން މަޢުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބޭނެކަމަށެވެ.