ads
އަންހެން ފުޓްބޯޅަ މެޗެއްގެ ތެރެއިން
އޮލިމްޕިކްސް އަންހެން ފުޓްބޯޅަ ފައިނަލަށް އެމެރިކާއާ ބްރެޒިލް
އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގެ ފައިނަލުން އެމެރިކާ އާއި ބްރެޒިލުން ފުރުސަތު ހޯދައިފިއެވެ.
Advertisement

އެމެރިކާ ފައިނަލަށް ދިޔައީ ސެމީގައި ޖަރުމަން ބަލިކޮށްގެނެވެ. ޖަރުމަނު އަތުން އެމެރިކާ މޮޅުވީ އެއް ލަނޑުންނެވެ. ބްރެޒިލް ފައިނަލަށް ދިޔައީ ސްޕެއިން ބަލިކޮށްގެނެވެ. ސްޕެއިން އަތުން ބްރެޒިލް މޮޅުވީ 2-4 އިންނެވެ.

މިއީ މިދިޔަ 12 އަހަރުގެ ތެރޭގައި އެމެރިކާ އިން އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގެ ފައިނަލްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ބްރެޒިލުން މިހާތަނަށް އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގެ ފައިނަލްގައި ކުޅުނު ދެ ފަހަރުވެސް ފައިނަލްގައި އެ ޓީމު ބަލިވީ އެމެރިކާ އަތުންނެވެ.

މި ފަހަރުގެ ގޭމްސްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 10 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ރާއްޖޭގަޑިން 8 ޖަހާއިރު އެވެ. ބްރޯންޒް މެޑެލް މެޗު އޮންނާނީ ހުކުރު ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް