ads
އޮސްޓްރޭލިއާ އެތްލީޓުންގެ ޖާރޒީ ދައްކާލުމުގެ ތެރެއިން
ގޭމްސް ވިލެޖުން އޮސްޓްރޭލިއާ އެތްލީޓަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި، އޮލިމްޕިކް ގޭމްސްގައި ވާދަކުރާ އޮސްޓްރޭލިއާ ކޮންޓިންޖެންޓުގެ އެތްލީޓަކު ފްރާންސްގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން ހައްޔަރުކޮށްފައިވަނީ އޮސްޓްރޭލިއާގެ ފިރިހެން ހޮކީ ޓީމުގެ މެންބަރަކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކޮކެއިންއާ ގުޅުން ހުރި މައްސަލައެއްގައެވެ.

އެތްލީޓަކު ހައްޔަރުކޮށްފައިވާ މައްސަލައިގައި އޮސްޓްރޭލިއާ އޮލިމްޕިކް ކޮމިޓީ (އޭއޯސީ) އިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ހައްޔަރުކޮށްފައިވަނީ ކާކުކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ. މި ކުޅުންތެރިޔާގެ ނަމަކީ މީޑިއާގައި ގިނަ ބަޔަކު ބުނާ ގޮތުގައި ޓޮމް ކްރޭގްއެވެ. އޭނާއަކީ ޓޯކިޔޯ 2020 ގައި އޮލިމްޕިކް ރިހި މެޑަލް ހޯދި އުމުރުން 28 އަހަރުގެ އެތްލީޓެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް