ads
ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުޑަ ކުއްޖެއް ދައްކުވާދޭ ފޮޓޯއެއް
ފަހަރި ކޮއްކޮއާ ބެހެނު މީހަކު 15 އަހަރަށް ޖަލަށް
ކުޑަ އަންހެން ކުއްޖަކާ ބެހުނު އެ ކުއްޖާގެ ޅިޔަނެއް 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
Advertisement

އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާ ބެހުނު މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މެދު ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާއަކީ އެ އަންހެން ކުއްޖާގެ ތިމާގެ މީހެއްގެ ފިރިމީހާއެވެ. އަންހެން ކުއްޖާއާ މި ފިރިހެން މީހާ ދިރިއުޅުނީ އެއް ގެއެއްގައި ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އެއްރޭ ރޭގަނޑު 12 ޖަހާ އެހާކަންހާއިރު، ގޭގެ ސިޓިން ރޫމުގައި އަންހެން ކުއްޖާ ފޯނާ ކުޅެން ސޯފާއެއްގައި އޮއްވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޭރު އަންހެން ކުއްޖާގެ މަންމަ އަދި ބައްޕަވެސް ގޭގައި ނެތް ކަމަށްވެއެވެ.

މި ފިރިހެން މީހާ، އަންހެން ކުއްޖާއާ ބެހުމުން އެ ކުއްޖާވަނީ ހަމަ އެރޭ އޭނާގެ މަންމައަށް ގުޅައި އެކަން ހިނގިކަން ކިޔައީދީފައެވެ. އަދި ހަމަ އެރޭ އެ މައްސަލަ އެ ކުއްޖާގެ މަންމަގެ ފަރާތުންވަނީ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ.

މި މައްސަލައިގައި މި މީހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ތަހުގީގުގައި އެ ފިރިހެން މީހާ ވަނީ އެ މީހާ އެކަން ކުރި ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. ޝަރީއަތުގައިވެސް އޭނާ ވަނީ އޭނާ އެކަން ކުރިކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން މައްސަލަ ސާބިތުކޮށްފައިވަނީ މިހާރު 18 އަހަރު ފުރިފައިވާ އެ އަންހެން ކުއްޖާގެ ވާހަކަތަކާއި އަދި މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކުގެ އަލީގަ އެވެ.

މި ހަބަރުގައި ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާގެ ވަނަވަރު އެނގިދާނެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވަނީ އަނިޔާ ލިބުނު ކުޑަ ކުއްޖާގެ މަސްލަހަތު ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް