ads
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝަހީމުގެ ދިފާއުގައި ޕީއެންސީ އެންމެފަހުން ބަޔާނެއް ނެރެފި
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅުވާ ސޯޝަލް މީޑިއާގައި ފެތުރި ވީޑިއޯ ކުށްވެރިކޮށް ވެރިކަން ކުރާ ޕީއެންސީ ބަޔާނެއް ނެރެފިއެވެ.
Advertisement

ޝަހީމް ޕީއެޗްޑީ އާ މެދު ސުވާލު އުފައްދާ ކާކުކަން ނޭނގޭ މީހަކު ސޯޝަލް މީޑީގައި ދަނީ ޝަހީމަށް ފާޑިކިޔަމުންނެވެ. އަދީ މީގެ ޝަހީމް  އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެޑިޓްކޮށްގެން ހަދާފައިވާ ފޭކް ވީޑިއޯއެއް މީގެ ތިން ވަރަކަށް ދުވަސްކުރިން އާއްމުކޮށް ދިޔައީ ފަތުރަމުންނެވެ. 

އެކަން ކުށްވެރިކޮށް ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކީ އެއްވެސް އަސްލެއް ނެތް އަދި ޝަހީމްގެ އަބުރު ކަތިލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. 

ޑރ. ޝަހީމް އަލީ ސައީދަކީ ފުރައްސާރަކޮށް ހަގީގަތާ ހިލާފު ދޮގު އިލްޒާމުތަކުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން. އެއީ ދީނީ އިލްމު ލިބިވަޑައިގެން ހުންނެވި އަޒުމް ވަރުގަދަ ސިޔާސީ ލީޑަރެއް. މި ފިނޑި އަމަލު ހުއްޓާލުމަށް ގޮވާލަން " ޕީއެންސީގެ ބަޔާނުގައިވެއެވެ.

ޝަހީމްގެ މި ވީޑިއޯއާ އޭނާގެ ތައުލިމީ ފެންވަރާ ގުޅުވާ ދައްކާ ވާހަކަތަކުގައި ޝަހީމްގެ ދިފާއުގައި އިދިކޮޅު އެމްޑީޕީ އަދާލަތުގެ  އިސްވެރިންވެސް ވަނީ ވާހަކަ ދައްކާފައެވެ. 

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް