ads
ވަރުން ދަވަން--
ފަގީރުންނާއި ސިއްހީ ދާއިރާގެ މީހުންނަށް ވަރުން ހަރަދުގަައި ކާން ދެނީ
ކޮރޯނާ ވައިރަސް ފެތުރެމުންދާތީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މުޅި އިންޑިއާ އޮތީ ލޮކްޑައުނެއްގަ އެވެ. މިދަނޑިވަޅުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބޮލީވުޑުގެ ތަރިން ވެސް ދަނީ ކުރަމުންނެވެ. އެގޮތުން އަކްޝޭ ކުމާރާއި ރިތިކް ރޯޝަން އަދި ކަޕިލް ޝަރްމާ އާއި ޕްރިޔަންކާ އާއި ކަރީނާ ކަޕޫރުގެ ފަދަ ތަރިން ވަނީ ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޒުވާން ތަރި، ވަރުން ދަވަން ވެސް މިދަނޑިވަޅުގައި ފައިސާގެ އެހީވެފަ އެވެ. އަދި އޭނާ މިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ފަގީރުންނަށް ވެސް އެހީތެރިވާން ނިންމާފައިވާކަން ހާމަކޮށްފަ އެވެެ. 

އެގޮތުން އެތައް ފަގީރުންނެއް އިންޑިއާގައި ދިރިއުޅެމުން އަންނައިރު އޭގެ ތެރެއިން ބަޔަކަށް ކެއުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވަރުން ބުނެ އެވެ. 

ވަރުން ބުނި ގޮތުގައި ކޮވިޑް-19 އިން ގައުމު ސަލާމަތްކުރުމަށް ފްރޮންޓްލައިނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް އޭނާ އެހީތެރިވާނެ އެވެ.

މީގެ ދުވަސްތަކެއް ކުރިން ރާކުލް ޕްރީތު ސިންގް އާއި އޭނާގެ އާއިލާއިން، 200 ފަގީރު އާއިލާއަކަށް ކާން ދޭން ނިންމާފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ރަކުލް އެހީތެރިވަނީ ގުގުރާމްގެ ސަރަހައްދުގައި ދިރިއުޅޭ ފަގީރު އާއިލާތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް