ads
އެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ ހެދުމަށް ފެށި ހަރަކާތުގެ ތެރެއިން
އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ހެދުމުގެ މަސައްކަތް ފަށައިފި
ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ހެދުމަށް ހަރަކާތްތަކެއް ފަށައިފިއެވެ.
Advertisement

ޕީއެންސީ ބުނީ މިމަހު ފެށި މި ހަރަކާތް މުޅި ރާއްޖޭގައި ކުރިޔަށް ގެންދާނެކަމަށެވެ. މި ހަރަކާތުގެ ދަށުން ގޭގެއަށް ޒިޔާރަތްކޮށް ޕާޓީއަށް ވަންނަ ބޭނުންވާ މީހުންނަށް ފޯމު ފުރާދިނުމަށް ވަނީ ނިންމާފައެވެ. 

މި ހަރަކާތް ފަށާފައިވަނީ މާލެެއާއި ވިލިގިނލީގައެވެ. މާލެ އާއި އަތޮޅު ތެރޭގައި ޖުމްލަ 12 ދާއިރާއެއްގައި މެމްބަރުން އިތުރު ކުރުމަށް ޕީއެންސީގެ ޓީމުތަކުން މަސައްކަތް ކުރާއިރު މިކަމުގައި 100 ބުރެ ގިނަ މެމްބަރުން ބައިވެރިވާކަމަށް ޕީއެންސީ ބުނެއެވެ. 

މި ހަރަކާތުގެ ތެރެއިން އެޕާޓީގެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް މެމްބަރުންވެސް ޕީއެންސީއަށް ވަންނަމުންދާކަމަށްވެސް ޕީއެންސީ ބުނެއެވެ. 

your imageއެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ ހެދުމަށް ފެށި ހަރަކާތުގެ ތެރެއިން ފޯމު ފުރުމުގައި ހަރަކާތްތެރިވަނީ 

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު އެންމެ ބޮޑު އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީއެވެ. އެ ޕާޓީގައި 50،980 މެންބަރުން އެބަތިއްބެވެ. ދެވަނައިގައި އޮތީ ޕީޕީއެމްގެ މެމްބަރުންގެ 34،827 އެވެ. 

ވެރިކަން ކުރާ ޕީއެންސީ އޮތީ މެމްބަރުން އެންމެ ގިނަ ތިންވަނަ ޕާޓީގެ ގޮތުގައެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 28،704އެވެ. މީ ރިޔާސީ އިންތިހާބަށްފަހު އިތުރުވި އިތުރުވުމެކެވެ. 

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި އަހަރު ނިމުމުގެ ކުރިން ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެންމެ މެމްބަރުން ގިނަ  ސިޔާސީ ޕާޓީއަކަށް ހަދާނެކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް