"މަސަކަލީ" ގެ އާ ލަވަ އިއްޔެ ނެރެފައިވާއިރު އެލަވައިން ތާރާ އާއި ސިދާތުގެ ފަރި ނެށުން ފެނިގެންދިޔައެވެ. ނަމަވެސް ގިނަ ބަޔަކަށް މިލަވައެއް ކަމަކު ނުދިޔައެވެ.
އެގޮތުން ގިނަ ބަޔަކު ބުނަމުން އަންނަނީ މަސަކަލީގެ ފުރަތަމަ ލަވަ މާ ރީތި ކަމަށެވެ. އަދި ތާރާ އާއި ސިދާތުގެ އާ ލަވައިގެ ސަބަބުން ކުރީގެ ލަވައަށް ވެސް ހުތުރެއް އައިސްފައިވާ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
ގިނަ ބަޔަކަށް މި ލަވަ ކަމުނުދިޔަ ނަމަވެސް ތާރާ އާއި ސިދާތުގެ ސަޕޯޓަރުންނަށް މިލަވަ ވަނީ ކަމުގޮސްފައެވެ.
ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ އެންމެ ފަހުން ފެނިގެން ދިޔައީ "މަރްޖާންވާން" އިންނެވެ. އެ ފިލްމުގައި އޭނާއާ އެކު ފެނިގެންދާނީ ސިދާތުއެވެ.
މިލިޕް މިލަން ޒަވޭރީ ޑައިރެކްޓުކުރި އެފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.