ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ މިއަދު ކުރެއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ދިޔަ ދަތުރުތަކުގައި ހަމަ ކޮންމެ ރަށެއްގެ ކައުންސިލް އަދި ޑަބްލިއުޑީސީ އާ ބައްދަލުވިއިރު އެ ރަށްތަކުގެ ކަންބޮޑުވުމަކީ ލިބޭ އިނާޔާތް މުސާރަގޮތުގައި ނުލިބޭ މައްސަލަ ކަމަށެވެ.
އިނާޔަތް އެލަވަންސް ގޮތުގައި އޮންނަ މައްސަލަ ހައްލު ކުރެވޭނީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް އެކަމުގައ ގެންނެސްގެން ކަމަށް ރައީސް ވިދާޅުވިއެވެ. ލިބޭ އިނާޔަތް އެލަވަންސް ގޮތުގައި މިހާރު އެ އޮންނަނީ ގާނޫނުގައި ޑަބްލިއުޑީސީތަކަށް އޮންނަ ހައިސިއްޔަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.
ޑަބްލިއުޑިސީތަކަށް އޮންނަ ސްޓޭޓަސް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަމާއި މުވައްޒަފުންނަށް ލިބޭ އިނާޔަތަކީ މުސާރައެއް ގޮތުގައި ގާނޫނީ ގޮތުން ކަނޑައަޅާނަނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު މިއަދު ދެއްވި އެވެ.
މިހާރު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ކާމިޔާބު ކުރެވިއްޖެ ކަމަށާއި ކުރިން އެކަން ނުވީ މަޖިލީހުން އެކަން ނުކުރެވޭނެތީ އަދި އެ ސަޕޯޓް ލިބޭ ވަރުގެ މެޖޯރިޓިއެއް ނެތީމަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ސަޕޯޓާއި ތާއީދު މިހާރު އޮތްއިރު ފުރިހަމަ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބޭ ކަނަކަން ހަމަޖައްސަވާދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއިރުން އިނާޔަތް މުސާރައަކަށްވެ ހުރިހާ މަހުރޫމްވެފައިވާ ހުރިހާ ކަންކަމެއް ހަމަޖެހިގެން އަންނަވަރުގެ އިސްލާހެއް ގާނޫނަށް ގެންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.