ads
ހީނާ ވަލީދު ފޮޓޯ: ޕީއެސްއެމް
އިންޝުއަރެންސަށް ކަނޑާފައި އާސަންދޭ ގޮތަށް ބަދަލުކުރަނީ
އަމިއްލަ އިންޝުއަރެންސެއް އޮތްނަމަ، އާސަންދަ ލިބޭނީ އެ އެ އިންޝުއަރެންސަށް ކެނޑުމަށް ފަހުކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ އިޖްތިމާއި ކޮމެޓީގައި މިއަދުފެ ބައްދަލުވުމުގައީ އާސަންދައާއި އެންސްފާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި އާސަންދަ ރީފޯމްކުރުމަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ. 

ކުންފުނިތަކުންދޭ ޕްރައިވެޓް އިންޝުއަރަންސް އާއި އާސަންދައިން ކެނޑޭ ޑަބަލް އިންޝުއަރެންސްގެ މައްސަލާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ އެ ކަމަސް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އާސަންދަ ރިފޯމްކުރާއިރު ޑަބަލް އިންޝުއަރެންސްގެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގައި ލަފާ ފިނޭންސް މިނިސްޓްރީން ލިބިފައިވާކަން ފާހަގަކުރައްވާ އެ ބަދަލުތައް ގެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

" އަޅުގަނޑުމެންނަށް އެބައޮތް ފިނޭންސުން އިރުޝާދުތައް ދީފައި، އާސަންދަ ސްކީމުން ކަނޑާނީ ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހެއް ވެއްޖެއްޔާ އެމީހެއްގެ އަތުން ކަނޑާފަ ކަމަށް." ޑަބަލް އިންޝުއަރެންސްގެ ހާލަތުގައި އަމަލުކުރަން ނިންމާފައިވާ ގޮތާއި ގުޅޭގޮތުން ޒީނިޔާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން އާސަންދައިން ކެނޑުމުގެ ކުރިން ފުރަތަމަ ކަނޑާނީ އޭގެ ބަދަލުގައި އެ މީހެއްގެ އަތުގައި ހުންނަ އިތުރު އިންޝުއަރެންސް ތަކުންކަމަށެވެ. އަދި މިއާއި އެކު ޑަބަލް އިންޝުއަރެންސަސް ކަނޑާ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށްވެސް ހީނާ ވިދާޅުވީއެވެ. 

" ވެލްފެއާ ޕޮލިސީ އާއި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން އެބަ މަސައްކަތް ކުރަން. އޭގެ ޑްރާފްޓްތަކެއް މިހާރު އެކުލަވާލެވި ވަރަށް އަވަހަށް ކެބިނެޓަށް އެ ޕޭޕާ ހުށަހަޅާނަން." ހީނާ ވިދާޅުވިއެވެ.

ޕްރައިވެޓް ހޮސްޕިޓަލްތަކައި ކްލިނިކްތަކުން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކަމުން އެކަން ހައްލުކުރުމަށް ޕެކޭޖްތަކެއް ހަދާ އޭގެތެރެއިން އާސަންދަ ލިބޭގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާސަންދަގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވަނީ ވިދާޅުވެފައެވެ.  

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 1.6 ބިލިއަން ރުފިޔާ އާސަންދައިން ހޭދަކޮށްފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. .އާސަންދައިން ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި 823 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ފުރަތަމަ ކުޢާޓާގައި މިއަދަދު ހުރީ 838 މިލިއަންގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް