ads
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ހުށައެޅު ފަރާތަކާއި އިންޓަވިއުކުރަނީ
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ފޯމް
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 މީހަކު ފޯމު ހުށަހަޅާފައިވާކަމަށް ކަމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ބުނެފިއެވެ.
Advertisement

އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވީ، މި އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ. އިނާމަށް ހުށަހެޅި މީހުން ހުށައެޅި ވަޒީފާގެ ލިޔުންތައް ކޮމިޓީން މިހާރު ބަލާ ، އޭގެތެރެއިން އިންޓާވިޔުއަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާފައިވާކަމަށް އެ ކޮމެޓީން ބުނެއެވެ. ކޮމިޓީން މިއަދު ވަނީ އިންޓާވިޔު ތައް ފަށާފައެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިހްލާސްތެރިކަމާ އެކުގައި ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. 

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ، މި އަހަރު އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް