ads
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލީހުގެ ފުރަތަމަ ދައުރު މިމަހުގެ 26 ދަންމާލަނީ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މި މަހުގެ 26ވަނަ ދުވަހާ ހަމައަށް ދަންމާލަން މިއަދު ހުށަހަޅައިފިއެވެ.
Advertisement

ދައުރު ދަންމާލަން މަޖިލީހަށް ހުށައެޅުއްވީ މިއަދު ޖަލްސާ ފެއްޓެވިއިރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. މަޖިލީހުގެ ރައީސްް މިގޮތަށް ހުށައެޅުއްވީ މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައެވެ. 

މަޖލީހުގެ ފުރަތަމަ ދައުރު ހަމަޖެހިފައިވާ ގޮތުން މި ދައުރު ނިމި އަންނަ ބުރާސްފަތި ދުވަހުިން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ދައުރު ދަންމާލަން ހުށައެޅުއްވީ މި ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތައް ހުރުމުން އެކަން ނިންމާފައި ޗުއްޓީއަށް ދިއުމަށެވެ.  

މަޖިލީހުގެ ރައީސްގެ މި ހުށައެޅުމަށް މިއަދުގެ ވޯޓް ގަޑީގައި ވޯޓަށް އަހާނެއެވެ. 

20 ވަނަ ރައްޔިތުން މަޖިލީހަށް މެމްބަރުން ހޮވާ އައު މަޖިލީހުގެ މަސައްކަތް ފެށި މި އަހަރުގެ މެއި މަހުގެ 28 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް