ads
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ފުރަތަމަ ދައުރު މިމަހުގެ 26 ދަންމާލައިފި
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މި މަހުގެ 26ވަނަ ދުވަހާ ހަމައަށް ދަންމާލަން މަޖލީހުން ފާސްކޮށްފި އެވެ.
Advertisement

ދައުރު ދަންމާލަން މަޖިލީހަށް ހުށައެޅުއްވީ މިއަދު ޖަލްސާ ފެއްޓެވިއިރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. މަޖިލީހުގެ ރައީސްް މިގޮތަށް ހުށައެޅުއްވީ މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައެވެ. 

ދައުރު އިތުރުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ އިއްތިފާގުންނެވެ. އެކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކުރިން އޮތްގޮތުން މި ދައުރު ނިމި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާނެ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ދައުރު ދަންމާލަން ހުށައެޅުއްވީ މި ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތައް ހުރުމުން އެކަން ނިންމާފައި ޗުއްޓީއަށް ދިއުމަށެވެ.  

20 ވަނަ ރައްޔިތުން މަޖިލީހަށް މެމްބަރުން ހޮވާ އައު މަޖިލީހުގެ މަސައްކަތް ފެށި މި އަހަރުގެ މެއި މަހުގެ 28 ގައެވެ.

އެޕްރީލް 21، ގައި އިންތިހާބުވެ މެއި 28، ގައި މަސައްކަތް ފެށި މި މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ޖުމްލަ 37 ބިލެއް ހުށަހަަޅަން ބަންޑާރަނައިބުގެ އޮފީހުން ނިންމި އެވެ. ނަމަވެސް އެ ހުރިހާ ބިލެއް ހުށައަޅާފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް