ads
ރައީސް މުއިއްޒުގެ އަނބި ކަނބަލުން ސާޖިދާ މުހައްމަދު ފޮޓޯ: ރައީސް އޮފީސް
ތެލްސީމިއާގެ ހާލަތު އޮތީ ހޭލުންތެރިވާންޖެހޭ ފަދަ ހާލަތެއްގައި: ސާޖިދާ
ދިވެހީންގެ ތެރޭގައި ނިސްބަތުން ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ހާލަތެއްގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބި ކަނަބލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ސާޖިދާ މިހެން ވިދާޅުވީ ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެެއްވައި ވާހަކަދައްކަވަމުންނެވެ.

ނިސްބަތުން މި ސަރަހައްދުގައި ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ހާލަތެއްގައިކަން ފާހަގަކޮށް އެކަމަނާ ވިދާޅުވީ މިހާރުވެސް 955 ކުއްޖަކު ސިއްހީ މި ހާލަތާ ގުޅިގެން ރަޖިސްޓަރީ ކުރެވިފައި ތިބިކަމަށެވެ. އަދި 666 ކުއްޖަކު ތެލްސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާކަންވެސް ސާޖިދާ ފާހަގަކުރެއްވި އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ އިތުރަށް ވިދާޅުވީ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން ވެލިޑޭޝަން މަސައްކަތު ބައްދަލުވުމަކީ ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގެ އިތުރުން އިންސާނީ ހިދުމަތެއްކަމަށެވެ.

މި ސަރުކާރުކާރުން މި ބޮޑު ގައުމީ މައްސަލައަށް ދެއްވާ ހާއްސަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖޭން ބޭރަށް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމައްޓަކައި ފޮނުވާފައިވާކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ފަރުވާ ފުރިހަމަކޮށް ހެޔޮ ހާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަން ރައީސްގެ ގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ތެލެސީމިއާގެ ހާލަތު ރާއްޖޭގައި ރަނގަޅުކޮށް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް