ads
އިޒްރޭލުން ގާޒާގެ ސްކޫލަކަށް ހަމަލާދީ އިއްޔެ އެކަނި 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި --
ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 40،000 އިން މައްޗަށް
ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނީންގެ އަދަދު 40،000 އިން މައްޗަށް ހިނގައްޖެ އެވެ.
Advertisement

ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 10000 ކުޑަކުދިންނާއި 10200 އަންހެނުން ހިމެނޭ ކަމަށެވެ. އަދި އޭގެތެރޭގައި 100 ނޫސްވެރިންނާއި 610 ސިއްހީ ހިދުމަތްތެރިން ވެސް ހިމެނޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

ގާޒާގައި ހަރަކާތްތެރިވަމުން އަންނަ އޮފިޝަލުން ބުނާ ގޮތުގައި ހަމަލާގައި މަރުވި މީހުން އަދަދު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 41،000 އާ ގާތްކުރާ އަދަދަށް މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންނެވެ.

އިސްރާއީލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު، ގާޒާއިން އިތުރު 100 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

"ސްކޫލް ތެރޭގައި ތާށިވެ އަލިފާނުން އަނދަމުންދާ އާއިލާތައް ހަޅޭއް ލަވާ އަޑު އިވޭ. އެ ސަރަހައްދުގައި އިޒްރޭލުން ފެނުގެ ހިދުމަތް ކަނޑާލާއި އޮތުމުން އެހީތެރިކަން ފޯރުކޮށްދޭން އަންނަނީ އުނދަގޫތައް ދިމާވަމުން،" އަލްޖަޒީރާގެ ނޫސްވެރިޔާ ހޮސާމް ޝަބާޓް އެކްސް ގައި ވިދާޅުވި އެވެ.

ގާޒާގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު އަނަސުއްޝަރީފު ބުނި ގޮތުގައި އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ސްކޫލަށް ހަމަލާދިނީ އެއް ބަޔަކު ފަތިސްނަމާދު ޖަމާއަތުގައި ކުރަން ތިއްބައެވެ. އޭރު އެއް ބަޔަކު ޖަމާއަތުގައި ފަތިސްނަމާދު ވަނީ ކޮށްފައެވެ.

ޝަހީދުކޮށްލި މީހުންނާއި ޒަޚަމްކޮށްލި މީހުންގެ ތެރޭގައި ގިނައީ ޖަމާއަތުގައި ނަމާދުކުރަން ތިބި މީހުން ކަމަށްވެއެވެ. މިއީ އައްތާބިއީން ނަމަކަށް ކިޔާ ސްކޫލެކެވެ. މި ސްކޫލަކީ ރައްކާތެރި އަދި ހަމަލާ ނުދޭނެ ތަނެއްގެ ގޮތުގައި އިސްރާއީލުން ކަނޑައަޅައި އެކަން އދ. އަށް އަންގާފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

your imageއިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކުގައި ގިނައިން ޝަހީދުވަނީ ކުށެއްނެތް ކުޑަކުދިން

އިސްރާއީލުގެ މި ޖަރީމާތަކާއި ގަތުލުއާންމުތަކަކީ ސީދާ ގާޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމުތަކެއްކަން އދ. ގެ ބައެއް މަސްއޫލުވެރިން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް، މި ޖަރީމާތައް ހިންގާ އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންވަނީ ފަސްޖެހިފަ އެވެ.

ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމަކަށް ގެނައުމަށް މެދުއިރުމަތީ ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްބަސްވުމަށް އާދެވިފައި ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް