މިހާރުވެސް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ޕާމާ، ކޮންޓްރެކްޓް އާކުރީ އިތުރު ދެ އަހަރުގެ މުއްދަތަކަށެވެ. މާނައަކީ، 2033 ވަނަ އަހަރުގެ ނިޔަލަށް އާ ކޮންޓްރެކްޓާއެކު ޕާމާ ޗެލްސީގައި ހުންނާނެއެވެ. މިއީ ޕްރިމިއާ ލީގުގެ ކުޅުންތެރިއަކަށް މިހާތަނަށް ދިން އެންމެ ދިގު ކޮންޓްރެކްޓެވެ.
ޕާމާ ޗެލްސީއަށް ބަދަލުވީ ސިޓީންނެވެ. ނިމިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީން ޗެލްސީ އަށް ބަދަލުވީ ގާތްގަނޑަކަށް 47 މިލިއަން ޔޫރޯގެ ޑީލަކަށް އަށް އަހަރުގެ ކޮންޓްރެކްޓެއްގައެވެ. ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމަށްފަހު ޕާމާ ބުނީ އުންމީދުކުރަނީ އަމިއްލަ ގޮތުންނާއި، ޗެލްސީ އާއެކު ޓްރޮފީތައް ހާސިލްކޮށް، ރަނގަޅު ތަޖުރިބާތައް ކުރިއަށްގެންދިއުމަށް ކަމަށެވެ.
ޗެލްސީ އާއެކު ހޭދަކުރީ ފުރަތަމަ ސީޒަނުގައި ޕާމާ ވަނީ، 22 ލަނޑުޖަހާފައެވެ.