ads
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ރިސޯޓް މުވައްޒަފުންނަށް 2 ދުވަހު ޗުއްޓީ ދިނުމަކީ ދާއިރާއަށް ފުރައްސާރަ ކުރުން: އައްބާސް
ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ދިނުމަކީ ރާއްޖޭގެ ޓްއަރިޒަމް އިންޑަސްޓްރީއަށް ފުރައްސާރަ ކުރުކަމަށް ވެލިދޫ ދައިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅު ވެއްޖެ އެވެ.
Advertisement

ޓްއަރިޒަމް ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ދިނުމަށް މަޖލީހުން ނިންމުމުގެ ކުރިން ރިސޯޓްތަކުގެ މެނޭޖުމަންޓާ މަޝްވަރާ ކުރަން ޖެހޭކަމަށެވެ. 

އައްބާސް ވިދާޅުވީ ޓްއަރިޒަމް ދައިރާގެ ފައިދާ ރައްޔިތުންނަށް ކުރަމުން އަންނަކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓްއަރިޒަމް ދާއިރާއިން ފައިދާ ކުރަމުން އަންނަކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. އެގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިނ 90 އިންސައްތަ މުވައްޒޒަފުންނަށް މުސާރާއި އިނާޔަތްތަކާއި ސާވިސް ސާޖު ލިބޭނީ ޑޮލަރުން ކަމަށް އޭނާ ވިދާޅުވި އެވެ.  

" ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ ބޭފުޅުންނަށް މިއަދު އެބޭފުޅުން ފަރިއްކުޅުވަން އެ ހުންނަނީ ގެސްޓުންނާ އެއް ފެންވަރުގެ ކެއުންތައް. އެ ބޭފުޅުން ނިދުފުޅުކުރައްވާނީ ހަމަ އޭސީކޮށްފައި ހުންނަ ރޫމްތަކުގަ،އި" އައްބާސް ވިދާޅުވި އެވެ. 

ރިސޯޓް ހިންގާ ފަރާތަކަށް ސަރުކާރު ސޮވެރިން ގެރެންޓީ ދޭން ޖެހިއްޖެ ނަމަ ސަރުކާރުން އެކަން ވެސް ކުރަން ޖެހޭނެކަމަށް އައްބާސް ވިދާޅުވި އެވެ.

" އަޅުގަނޑު ގަބޫލު ކުރަނީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީއެއް ދޭންޖެހިއްޖެ ނަމަ އެއީ އޭގެ ކެޕޭސިޓީ ހުރި އެކަމަށް ގާބިލު ބޭފުޅެއް ނަމަ އެ ބޭފުޅަކަށް ސޮވެރިން ގެރެންޓީވެސް ދޭން ޖެހޭ. " އައްބާސް ވިދާޅުވި އެވެ. 

އައްބާސް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އޭނާ ހިމެނިވަޑައިގަންނަވާ ޕާޓީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މާލެ އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން 165 މިލިއަން ޑޮަލަރުގެ ނަގަން އެދުނު ސޮވެރިން ގެރެންޓީ ނުދިނުމަށް ސަރުކާރުން ނިންމާފައި ވަނިކޮށެވެ. 

އައްބާސް ވިދާޅުވީ ރިސޯޓްތައް ރާއްޖޭގައި ހިންގާ މީހުންނަކީ ރާއްޖެ މި ހިސާބަށް ގެނެސްދިނުމުގައި ތިއްބެވި ފަރާތްތައްކަމަށެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް