ads
މުދަލު ޒަކާތުގެ ގޮތުގައި ޖުލައިމަހު 15.5 މިލިޔަން ރުފިޔާ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މުދަލު ޒަކާތުގެ ގޮތުގައި ޖުލައިމަހު 15 މިލިޔަން ރުފިޔާ
މުދަލު ޒަކާތުގެ ގޮތުގައި ޖުލައިމަހު 15.5 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 2023 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބާލައިރު ދެގުނަ އިތުރު ކަމަށާއި، މިދިޔަ އަހަރުގެ ޖުލައި މަހު މީރާއަށް ޒަކާތުގެ ގޮތުގައި ލިބުނީ 7.3 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 58.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މި އަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ލިބުނީ 66.3 މިލިއަން ރުފިޔާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.1 އިންސައްތަ އިތުރުވުމެކެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނެސްފައި ވަނީ މި އަހަރުގެ އޭޕްރީލްމަހު އެވެ. މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައަޅައި ދިވެހިރާއްޖޭގެ ޒަކާތާ ބެހޭ ހައުސްއިން ބުނީ ޒަކާތް ވާޖިބުވާ ނިސާބަކީ 9،353.40 ރުފިޔާ ކަމަށެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގު ކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރަންރިހީގެ ނިސާބުންނެވެ. 

އަހަރުގެ އެކި ދުވަސްވަރު ނިސާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ އެކު ތަފާތުވެ އެވެ. ޒަކާތް ނެރުން ވާޖިބު ވާނީ މުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތް ތަފާތުވުމުގެ ސަބަބުން ޒަކާތުގެ ނިސާބު ތަފާތުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް