ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ލ.ގަން ތުނޑި/ ވިލެޖު ގޭގަައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމަށް، އަަދި ބޮގަރުކަށްކާ އޭގެ ވިޔަފާރި ކުރާކަމަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކަާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެގެ ބަލާ ފާސްކޮށްފައިވާކަމަށެވެ.
އެގޮތުން އެގޭތެރޭގައި 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާއެއްޗަކާއި ، ބޮގަރު ކަމަށް ޝައްކުކުރެވޭ 2 ރުނބާ އަދި 5 ލީޓަރުގެ ބޮގަރު ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލާގައި 42 އަދި 57 އަހަރުގެ ދިވެހި 2 ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށާއި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.