ads
ބިދޭސީންގެ ފީ ނުދައްކާ ނަމަ އެކްސްޕަޓް ސިސްޓަމުން ސަސްޕެންޑް ކުރަނީ
ބިދޭސީންގެ ފީތައް ނުއްކާ ވިޔަފާރިތައް ބިދޭސީ މަސައްކަތްތެރިން ގެންގުޅުމުގެ ހުއްދަތައް ދޫކުރުމަށް އޮންނަ "އެކްސްޕަޓް ސިސްޓަމް" ގެ ހިދުމަތުން ސަސްޕެންޑް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
Advertisement

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ހުރިހާ ހިދުމަތެއް ދީ ހުއްދަތައް އާކުރަނީ އެކްސްޕަޓް ސިސްޓަމް މެދުވެރިކޮށެވެ.

ދާހިލީ ވުޒާރާއިން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން  ގެންނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ 100،000 ރުފިޔާއަށް ވުރެ އިތުރުވެފައިވާ ފަރާތަކަށްް މިމަހުގެ 12 ވަނަދުވަހުގެ ކުރިން އެ ފައިސާ ދެއްކުމަށް  އަންގާފައިވާނޭކަމަށެވެ. 

އެހެންނަމަވެސް އެ ފައިސާ ނުދައްކާ ބައެއް ފަރާތްތަކުން ވާތީ ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދީ މިމަހުގެ 31 ވަނަދުވަހުގެ ކުރިން ފައިސާ ދެއްކުމަށް ދާއިލީ ވުޒާރާއިން ވަނީ އާއްމުކޮށް މިރޭ އިއުލާންކޮށްފައެވެ. 

އެ ތާރީހަށް މި ފައިސާ ނުދައްކައިފިނަމަ އެކްސްޕަޓް ސިސްޓަމް މެދުވެރިކޮށް ދެމުން އަންނަ ހިދުމަތްތައް އެ ފަރާތްތަކަށް މެދުކަނޑާލާނެކަމުގެ އިންޒާރުވެސް ދާހިލީ ވުޒާރާއިން ވަނީ ދީފައެވެ. 

" މި ތާރީހާއި ހަމައަށް ފައިސާ ދައްކާފައި ނުވާ ވަޒީފާ ދޭ ފަރާތްތައް ސެޕްޓެމްބަރު މަހުގެ 1 ވަނަދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑް ކުރެވި ސިސްޓަމް މެދުވެރިކޮށް ދެމުން ގެންދާ ހިދުމަތްތައް މެދުކަނޑާލެވޭނެ ކަމުގައި ވަޒީދާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދެންނެވީމެވެ." ދާހިލީ ވުޒާރާއިިން ނެރުނު އިއުލާންގައިވެއެވެ.

ބިދޭސީންގެ ފީތައް ނުދައްކައިގެން ދާހިލީ ވުޒާރާއިން އާއްމުކުރި ލިސްޓުގައި ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1026 ކުންފުންޏެއްގެ ނަން އޮތެވެ. އޭގެތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތައްވެސް ހިމެނެ އެވެ.

މީގެތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު އެއް މިލިއަނަށް ވުރެ ގިނައިރު, ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 26 މިލިއަނަށް ވުރެ މަތީގައެވެ.

މި ލިސްޓު އާއްމުކުރުމުން 20 ކުންފުންޏަކުން ވަނީ ފައިސާ ދައްކާފައެވެ. އެ ކުންފުނިތަކުން ފައިސާ ދެއްކުމުން 182 މިލިއަން ރުފިޔާ ލިބިފައިވާކަން ދާހިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް