ބިދޭސީއެއްގެ ފޯނު ފޭރިގަތް މައްސަލައިގައި ސެޕްޓެމްބަރު މަހު ހައްޔަރުކޮށްފައިވަނީ، ލ. މާމެންދޫ، ރިހިވެލި، އަހުމަދު ނިޒާރު، 31، އެވެ. އޭނާ މި ފަހަރު ހައްޔަރުކޮށްފައިވަނީ މާރާމާރީއެއްގެ މައްސަލައިގައެވެ. މާރާމާރީގެ މައްސަލައިގައި ހައްޔަރުކޮށް، އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހާފަ އެވެ.
އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާއަކީ ގިނަ އަދަދަކަށް ބަންދު ރެކޯޑްތައް އޮންނަ މީހެކެވެ.
މާލެއިން ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައިގައި ސެޕްޓެމްބަރު މަހު، ނިޒާރު ހައްޔަރުކޮށްފައިވަނީ ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މައްސަލައިގައި އާންމުންގެ އެހީތެރިކަމާއެކު އެވެ.