ads
އެސްޑިޖީއާ ގުޅޭ ސެމިނާއެއްގައި ބައިވެރިވެޑައިގަތުމަށް ފުރުމުގެ ކުރިން މަޖލީހުގެ ރައީސް އަބްދުއްރަހީމް އެއާޕޯޓްގައި
އެސްޑީޖީއާ ގުޅޭ ސެމިނާއެއްގައި އަބްދުއްރަހީމް ޗައިނާއަށް
އިންޓާ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް"ގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
Advertisement

މި ސެމިނާ އޮންނާނީ މިމަހުގެ 19 އިން 28 ގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ. މި ސެމިނާގެ ތެރެއިން ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

މަޖލީހުގެ ރައީސްގެ މި ދަތުރުގައި އެމަނިކުފާނާއި އެކު ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް މިފަދަ ސެމިނާރެއްގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް