ads
އެމްއެމްއޭ
ރިޒާވް ހުސްވަނީ، ރިޒާވް ރަނގަޅު ކުރަން ފިޔަވަޅުތަކެއް
ދައުލަތުގެ ރަސްމީ ބޭރު ރިޒާވް ހުސްވެދާނެކަމުގެ ކަންބޮޑުވުން މަރުކަޒީ ބޭންކު (އެމްއެމްއޭ) ފާޅުކުރުމުން ކުންފުނިތަކުން ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
Advertisement

ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ވެއްޓޭނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. އަދި  މި ހިނގާ އޯގަސްޓު މަހުގައި ޔޫޒަބަލް ރިޒާވް އެކީ ހުސްވުމުގެ ފުރުސަތު ބޮޑުކަމަށް އެމްއެމްއޭއިން ބުނެއެވެ. 

އެމްއެމްއޭގެ މި ކަންބޮޑުވުންތަކާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސިޓީގައި އެދިފައިވަނީ ދައުލަތުގެ ކުންފުނިތަކުން ބޭރު ފައިސާ އެތެރެވާނެ ގޮތަށް އަމަލުކުރުމަށް ފިޔަވަޅުތައް އެޅުމަށެވެ. އެގޮތުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ވަނީ އެދިފައެވެ. 

އަދި  ބޭރު ފައިސާގެ އާމްދަނީ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށްވެސް ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ. 

ފިނޭންސްގެ ސިޓީގައި ބުނެފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 365.44 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް 21.97 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށްވެސް އެ ސިޓީގައިވެ އެވެ.

ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިމަހު ހުސްވާނެ ކަމަށް އެމްއެމްއޭ ލަފާކުރިއިރު ސަރުކާރުން ގެންދަނީ ހަރަދު ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަމަލީ ގޮތުން އެޅުމަށް ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް