މި ބަދަލު ގެނައި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި މި ބަދަލު ގެނައީ އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ބައެއް ނިންމުތަކުގައި މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ ސަފޫރާ އާ ދެމެދު ހިޔާލުތަފާތުވުންތަކެއް ހުރުމުންކަމަށް ވެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ސަފޫރާ އައްޔަންކުރެއްވީ ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށެވެ.