ads
"އޯތެންޓިކް މޯލްޑިވްސް" ބްރޭންޑްގެ ދަށުން ދިވެހި އުފެއްދުންތައް ޖަޕާން މާކެޓުގައި . ފައިލް ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ
ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު އަންނަ އަހަރު މޭމަހު ބާއްވަނީ
ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު އަންނަ 2025 ވަނަ އަހަރުގެ މޭ މަހު ބާއްވާނެ ކަމަށް އިކޮނޮމިކް މިއަދު މިނިސްޓްރީން ބުނެފި އެވެ.
Advertisement

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަގްސަދުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަންނަ އަހަރު "މޯލްޑިވްސް އެކްސްޕޯ 2025" ބާއްވަން ހަމަޖެހިފައިވާއިރު އެކްސްޕޯ ބާއްވަނީ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ނަމުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން މައުރަޒު ބާއްވަން ރޭވިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 23 ފެށިގެން 31 ގެ ނިޔަލަށެވެ.

ކުރީގައި ބޭއްވިގެން ދިޔަ މައުރަޒުތަކާ ހިލާފަށް އަންނަ އަހަރުގެ މައުރަޒުގައި ވަރަށް ތަފާތު ކަންތައްތަށް ހިމެނިގެން ދާއިރު 81 ދާއިރާއަށް ވުރެ ގިނަ ދާއިރާއަށް މައުރަޒުގައި ބައިވެރިވެ ވާދަކުރުމުގެ ބައިގައި ހިމެނޭނެކަމަށް މިނިސްޓްރީން ބުނެ އެވެ. 

މޯލްޑިވްސް އެކްސްޕޯ 2025 ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ހަަމޖެހިފައިވާއިރު، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް އަކާއި، ޑިޖިޓަލް އިނޮވޭޓިވް ޑިސްޓްރިކްޓްއެއް، އެންޓެޓެއިންމަންޓް ޑިސްޓްރިކްޓް އެއް، އަދި މާކެޓްޕްލޭސް ޑިސްޓރިކްޓްއެއް މައުރަޒުތެރޭ ހިމެނިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

"81 ގިންތީގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަަހަށް ހުޅުވާލެވިގެން ދާއިރު އަމިއްލަ ފަރުދުންގެ ގޮތުގައި، ރަށު ފެންވަރުގައިވެސް، ސިޓީ ތަކުގެ ފެންވަރުގައިވެސް، ވިޔަފާރި ރަޖިސްޓާ ކުރުމުގެ ގާނޫނުގައި ހިމެނޭ ވިޔަފާރިތައް، އަދި ތައުލީމު ދޭ މަރުކަޒުތަކުގެ ދާއިރާއިން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކުގެ ދާއިރާއިން ވަދަކުރުމުގެ ބައިގައި ބައިވެރިވެވޭގޮތައް އުސޫލު އަޅުގަނޑުމެން ތައްޔާރުކުރާނަން، ވަރަށް އަވަހަށް ގެޒެޓް ކުރެވޭނެ" މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސޯލިހް ހުސެއިން ވިދާޅުވި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މައުރަޒު އިންތިޒާމްކޮށް ހިންގުން އިކޮނޮމިކް މިނިސްޓްރީ އާއި އިގުތިސާދީ ތަރައްގީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް