ފިނޭންސް މިނިސްޓްރީން އީ-ޖީޕީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައިވަނީ އެކްސްގައި ޕޯސްޓެއްކޮށްފަ އެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން މިއަދު ވަނީ މިނިސްޓްރީގައި ބައްދަލުވުމެއްވެސް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބައިވެރިވެވަޑައިގެން، ބައިވެރިންނާ ވާހަކަދައްކަވާފައިވެ އެވެ.
އީ-ޖީޕީ ސިސްޓަމަކީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުތަކުގެ ޕްރޮކިއުމަންޓްގެ ކަންކަން ފަސޭހަކަމާއި ހަރުދަނާ ކުރެވޭ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ސަރުކާރުން ޕްރޮކިއުމަންޓްތަކުގެ ދެފުށްފެންނަ މިންވަރު އިތުރުވާނެ އެވެ.