ޗެލްސީ، ފުރަތަމަ މެޗުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. މިއީ، މި ސީޒަނުގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވި ލެސްޓާ ސިޓީގެ ކުރީގެ ކޯޗު، އެންޒޯ މަރެސްކާގެ ފުރަތަމަ މެޗެވެ. މަރެސްކާ އަކީ މެންޗެސްޓާ ސިޓީގެ ކުރީގެ އެސިސްޓަންޓް ކޯޗެކެވެ.
އަމިއްލަ ދަނޑުގައި ޗެލްސީ ބަލިއިރު، މެޗުގެ 18 ވަނަ މިނިޓްގައި ސިޓީން ލީޑު ނެގީ އާލިން ބްރައުޓް ހާލަންޑް ޖެހި ލަނޑުންނެވެ. ސިޓީ އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ މަޓެއޯ ކޮވަސިޗް އެވެ.