ޕީޕީއެމުން ވަކިވެ އެމަނިކުފާނު އުފެއްދެވި ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރަށާއި ސަރުކާރުގައި އިސްކޮށް ތިއްބެވި ހުރިހާ އެންމެންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލާފައި ދިޔައީ އަމިއްލަފުޅަށް އެހެން މީހަކު ވެރިކަން ކުރާތަން ބަލަން ކެތްނުކުރެވިގެން ކަމަށް ބުނާ ބުނުންތަކަށް އެމަނިކުފާނު ރޭ ވަނީ ރައްދުދެއްވާފައެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމް ދޫކޮށްލީ އޭރު ޕީޕީއެމް ޕީއެންސީގެ އެންމެ އިސްކޮށް ތިބި އެންމެން ތެރޭގައި އޮތީ ގޯސްތަކެއް ހަދާފައި އޮތުމުންކަމަށެވެ.. އަދި ރައްޔިތުންނަށް އޮޅުވާލާ ކޮރަަޕްޝަނާއި ޖަރީމާ ހިންގާތާކު ހުންނަވަން ބޭނުންނުވާކަމަށާއި ހުރި ނަމަ އެމީހުންނަށް އެކަން ނުކުރެވޭނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް ބަހުގެ ހަމަލާތައް ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ހުރިހާ ސިޔާސީ ލީޑަރުން އެއްކޮށް އެއްކޮޅަށް އަރުވާ އަނެއްކޮޅަށް ރައީސް މުއިއްޒު އެރުއްވުމުންވެސް. ވާހަކަ ސީދާ ނުވުމާ، ބަހާ އަމަލު ސީދާ ނުވުމުގައި ތިލަފަތް ބަރުވެގެންދާނީ މުއިއްޒު ހުންނެވި ކޮޅަށްކަމަށެވެ.