ads
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު
ލޭނު މަސްވެރިކަމާއި ދެކޮޅަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ލޭނުގެ މަސްވެރިކަން ކުރަން ހުއްދަދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބާތިލުކުރަން ގޮވާލާ ރައްޔިތުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
Advertisement

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރުއެވެ. މި މައްސަލަގައި ބަހުސްކުރަން މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓްގައި ނުފެންނަކަމަށް 47 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. އެހެންކަމުން އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. 

ލޭނުގެ މަސްވެރިކަން ކުރަން ހުއްދަދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބާތިލުކުރަން ގޮވާލާ ހުށައެޅި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ. އެއްވެސް ކޮޅަކަށް ވޯޓް ނުދެއްވާ މެމްބަރަކުވެސް އިންނެވިއެވެ.

މައުރޫފް ޒާކިރު ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ކުރީގެ ސަރުކާރުތަކުންވެސް އެކި ފަހަރު ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަދޭން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް އެ ފަހަރުތަކުގައި އެ ނިންމުން ތަންފީޒުކޮށްފައި ނުވާކަންކަން ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ އެގޮތަށް ކަންކޮށްފައިވަނީ ކަނޑުގެ އެތައް ދިރުންތައް ނެތިދިޔުމުގެ ބިރު ހީވެފައި އޮތުމުންކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ތފާތު ގޮތްތަކުންން އޭގެ ނުރަކައްލާ ކުރިލަތި ލާންޖެހުންކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. 

މައުރޫފް ވިދާޅުވީ ލޭން މަސްވެރިކަމަށް ހުއްދަދޭން ނިންމުމުން އެކަމުގެ ކަންބޮޑުވުން މަސްވެރިންނާއި ފަތުރުވެރިކަމުގައި ދާއިރާގައި މަސައްކަތް ކުރާ އެތައް ބައެއްގެ އެބައޮތްކަމަށެވެ. ކޯޓާގެ އުސޫލުން ލޭނު މަސްވެރިކަން ކުރަން އުސޫލަތައް ކަނޑައެޅުމަކީ ކޯޓާގެ ކަޅޫ ބާޒާރެއް އުފެދިގެން ދިޔުމަށް ނުސީދާ ގޮތެއްގައި ހުޅުވާލެވޭ މަގެއްކަމަށް މައުރޫފް ވިދާޅުވިއެވެ. 

" ލޭނު މަސްވެރިކަން ކުރުމަށް ހުއްދަދޭން ނިންމާފައިވާ ނިންމުން ތަފީޒުކޮށްފިނަމަ، އެކަން ކުރުމުގެ ހުއްދައާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެގެންދަނީ ރާއްޖޭއާއި ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް. މި ކޯޓާ ހޯދުމުގެ ފުރުސަތު ދިވެހި އާއްމު މަސްވެރިންނަށް ނުލިބުމުގެ ނަތީޖާއަކަށްވާނީ އެމީހުންގެ އާމްދަނީއަށާއި ވިޔަފާރިތައް ބަނގުރޫޓްވުން ނުވަތަ ކުރިއަރާ ނުދިއުން. " މައުރޫފް ޒާކިރު ހުށައެޅުއްވި ކުއްލި މައްސަލާގައިވެއެވެ.

ދިވެހިރާއްޖޭގައި ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމި ނިންމުން މުރާޖާކޮށް އެކަން ނުކުރުމަށް ރާއްޖޭގެ ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއަކުން ސަރުކާރަށް ވަނީ ގޮވާލާފައެވެ. އެ ޖަމްއިއްޔާތަކުން ބުނީ ލޭނު މަސްވެރިކަން ކުރަން ހުއްދަދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިގެން ދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް