ads
ދިވެހިންނަށް ވިއްކަން ބިދޭސީން ފޯއް ކޮށަމުންދިޔަ ތަން
ދިވެހިންނަށް ވިއްކަން ބިދޭސީން ފޯއްކޮށަނީ ފާހާނަ ދޮރުމަތީ
ދިވެހިންނަށް ވިއްކަން ފާހާނާ ދޮރުމަތީގައި ފޯއްކޮށަމުން ދޮޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
Advertisement

އިމްގްރޭޝަނުން ބުނީ މާލޭ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތަކާއި ގުޅިގެން އިއްޔެ ހާއްސަ ރެއިޑެއް ހިންގާފައިވާކަމަށެވެ. މި ރެއިޑްގައި މ.ރީތި އޯކިޑްގެ ބަލައި ފާސްކޮށްފައިވާކަމަށް އެ އިދާރާއިން ބުނެެއެވެ. އަދި އެ ގޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 02 ބިދޭސީއަކު ހައްޔުކޮށްފައިވާކަމަށެވެ. 

your imageދިވެހިންނަށް ވިއްކަން ބިދޭސީން ފޯއް ކޮށަމުންދިޔަ ތަން

މިތަނަކީ، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނެއްކަމަށް އިމްގްރޭޝަނުން ބުނެއެވެ. އަދި މިތަނުގައި މި މަސައްކަތް ކުރާއިރު އެތަނުގައި ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށް ފާހަގަވެފައިވާކަމަށާއި އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.  

your imageއެސް.އެމް.އީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން 

މީގެއިތުރުން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދިނުމަށް ހަދާފައިވާ އެސް.އެމް.އީ ހަބްގައިވެސް ހުއްދަނެތި ވިޔަފާރިކުރާ ބިދޭސީން ތަކެއް ވަނީ  އަތުލައިގެންފިއެވެ. އިމިގްރޭޝަނުން ބުނީ މި މީހުން އަތުލައިގަތީ އެ އިދާރާއިން އާޢްމުކޮށްްފައިވާ ."އިމިގްރޭޝަން ވޮޗް" އަަށް ލިބުނު މައުލޫމަތަކާއި ގުޅިގެން އެތަން ބަލާސްކުރުމުގައިކަމަށެވެ. 

އެސް.އެމް.އީ ހަބްގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރުމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

 މުޑުދާރުކޮށް ކާއެއްޗެހި ހަދާ ދިވެހިންނަށް ވިއްކަމުންދިޔަ ބިދޭސީންތަކެއް މީގެކުރިންވެސް އިމިގްރޭޝަނުން ވަނީ އަތުލައިގެންފައެވެ. 

މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް