ads
ގަވަރުނަރު މުނައްވަރު، ބޭންކް އޮފް މޯލްޑިވްސް ބައެއް އިސްވެރިންނާ ބައްދަލު ކުރައްވަނީ - ފޮޓޯ:އެމްއެމްއޭ
ގަވަރުނަރު މުނައްވަރު ރާއްޖޭގެ ހުރިހާ ބޭންކްތަކާއި ބައްދަލުކޮށްފި
މާލީ ދާއިރާގެ ތަރައްގީއާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ރާއްޖޭގައި ހިންގަމުންދާ ބޭންކުތަކާއި މަޝްވަރާކުރައްވައިފި އެވެ.
Advertisement

މިގޮތުން ބައްދަލުކުރި ބޭންކްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން، މޮރޭޝަސް ކޮމާޝަލް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ހަބީބް ބޭންކް އަދި އެޗްއެސްބީސީ ހިމެނެއެވެ.

ބޭންކުތަކާއިއެކު ބޭއްވި ބައްދަލުވުމުގައި ގަވަރުނަރު ވަނީ ބޭންކުތަކާއި ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ބޭންކްތަކާއި އެމްއެމްއޭ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅު ކުރުމަށް މަޝްވަރާކުރެއްވި އެވެ. އަދި މާލީ ދާއިރާގެ ތަރައްގީއަށް އެމްއެމްއޭއާއި ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.

ގަވަރުނަރާއި އެމްއެމްއޭގެ އިސް ބޭފުޅުން ރާއްޖޭގެ ހުރިހާ ބޭންކުތަކާ ބައްދަލުކުރެއްވިއިރު، މިމަހު ދައުލަތުގެ ރިޒާވްގެ ހާލަތު ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އިއްޔެ ވަނީ ލަފާކޮށްފަ އެވެ.

ގަވަރުނަރުގެ މަގާމަށް ވަޑައިގެން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރު ދަނީ އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުންނެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރު ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވީ 31 ޖުލައިގަ އެވެ. އޭނާ ވަނީ 1999 އިން 2014 ވަނަ އަހަރާ ހަމައަށް އެމްއެމްއޭގައި މަސައްކަތް ކުރައްވައިފަ އެވެ. 

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމެވެ. އޭނާ މަގާމުން ވަކިކުރެއްވީ، ރާއްޖޭގެ އިގުތިސާދީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ނުދެއްވާތީ އާއި އިގުތިސާދީ ހާލަތު ގޯސްވަމުން ދާއިރު އަޅާނުލައްވައި ހުންނަވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް