ads
ލީޑާޝިޕް މަގާމުތަކަށް އަންހެނުން އައްޔަނުކުރަން އެމްއޭސީއެލް އިން މަސައްކަތްކުރަނީ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖްމަންޓުން، ލީޑާޝިޕް މަގާމްތަކަށް އަންހެނުން އައްޔަނުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ހާމަކޮށްފި އެވެ.
Advertisement

ފަތުރުވެރިކަމަުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ހިތަވަރު ދިނުމުގެ ގޮތުން އިއްޔެ ބޭއްވި "މޯލްޑިވްސް ޓްރެވެލް ކޮންފެރެންސް 2024 ވިމެންސް އެޑިޝަން" މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ވަނީ ސްޕޮންސާކޮށްފަ އެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުނ،ް އެމްއޭސީއެލް އޭރޯޑްރޯމް މެނޭޖްމެންޓް ސަރވިސަސްގެ ސީނިއާ ޖެނެރަލް މެނޭޖާ މަހަމޫދާ ޝަރީފް ވިދާޅުވީ އިންޖިނިއަރިން ދާއިރާއާއި އެއާފީލްޑް މެނޭޖްމަންޓް ދާއިރާގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސ،ް ލީޑަރޝިޕްގެ މަގާމުތަކުގައި އަންހެނުން މަދުކަމަށެވެ. އަދި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ މަހުމޫދާ ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖްމަންޓުން، ލީޑާޝިޕް މަގާމްތަކަށް އަންހެނުން އައްޔަނުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ.

މީގެ ތެރޭގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދުމުމާއި ޖިންސުގެ ތަފާތުކުރުމުގެ ގާބިލްކަމަށް އިސްކަންދީ ޖިންސުގެ ފަރަގު ނައްތާލުމަށް އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތްކުރަމުންދާކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

ހޮޓެލް ޖެންގައި ކުރިޔަށް ދިޔަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް މަޓާޓޯ ގެ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

މި ކޮންފަރެންސް އެމްއޭސީއެލްއިން ސްޕޮންސާ ކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ އެކުންފުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށް ވުމާއިއެކ،ު ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށ،ް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުންކަމުގައި އެކުންފުނުން ފާހަގަކުރެއެވެ. 

އަދި ހާއްސަކޮށް އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއ،ި އަންހެނުން ބާރުވެރިކުރުމަށް ހިއްވަރު ދިނުމަކީވެސް އެމްއޭސީއެލްއިން ކޮންފަރެންސް ސްޕޮންސާކޮށްދިނުމުގެ މުހިއްމު މަގްސަދެއްކަމަށް އެކުންފިނިން ބުނެއެވެ.

your imageމޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ސްޕޮންސަރ ކުރުން

މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކ،ީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުކޮށ،ް އަންހެނުންގެ ދައުރު ފުޅާކުރުމަށް މަގުފަހިކުރުމެވެ. މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ބައިވެރިވި ދެ ޕެނަލް ޑިސްކަޝަން ވެސް ކުރިޔަށް ގެންގޮސްފައިވާއިރު މަތީ މަގާމުތަކުގައި ތަފާތުކުރުން ނައްތާލުމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއ،ި ޒަމާނުއްސުރެ ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާފަރާތްތަކާއި މެދު ދެކޭގޮތާއި ބެހޭގޮތުން ޕެނަލްގެ ބައިވެރިން ވަނީ ހިޔާލު ބަދަލުކޮށްފަ އެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 - ވިމެންސް އެޑިޝަން ބާއްވައިފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވިމެން އިން މެނޭޖްމަންޓ،ް ވިމެން އޮން ބޯޑްސް އަދި ވިމެން އާންޓްރަޕްރެއިނާސް އެސޯސިއޭޝަން - މޯލްޑިވްސް ފަދަ ޖަމިއްޔާތަކުގެ އެއްބާރުލުމާއި އެކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް