ads
އައިޕީޔޫގެ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ވަން ޗައިނާ ސިޔާސަތު ރާއްޖެއިން ބަލައިގަނޭ: އަބްދުއްރަހީމް
ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުމުގެ އަސާސަކީ ދިވެހިރާއްޖެއިން "ވަން ޗައިނާ"ގެ އުސޫލަށް ފުރިހަމައަށް ތާއީދުކުރާ ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

އަބްދުލްރަހީމް މިހެން ވިދާޅުވީ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިން އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ގާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އައިޕީޔޫގެ ރައީސާއި ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިން ކޮމިޓީގެ ޗެއާމަންއާއެކު ބޭއްވި ހާއްސަ ބައްދަލުވުމުގަ އެވެ.

އަބްދުއްރަހީމް ދެއްވި ތަގުރީރުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ ޗެއާމަން އަދި ރައީސަށާއި އިންޓަ ޕާލިމަންޓަރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލަށް އެ ސެމިނާގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ދެއްވީތީ ޝުކުރު އަދާކުރެއްވި އެވެ.  

"ރާއްޖެއަކީ ޗައިނާއާއެކު ގާތް އެކުވެރިކަން އޮތް ޤައުމެއް، ސިޔާސީ ގުޅުން 1972 ވަނަ އަހަރު އުފެދި، މިދިޔަ އަހަރުތަކުގެ ތެރޭގައި، ހާއްސަކޮށް ޗައިނީސް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، އަޅުގަނޑުމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ފުޅާވެފައިވޭ. ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުން ފަދަ ޕްރޮޖްޓްތަކަކީ އަޅުގަނޑުމެންގެ ކާމިޔާބު އެއްބާރުލުމުގެ ސާފު މިސާލުތަކެއް." އިނގިރޭސިބަހުން އަބްދުއްރަހީމް ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ގައުމުތައް ތަރައްގީކުރުމާއި ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަަހިކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތްތައް ބަލައިގަނެ އަބްދުއްރަހީމް ވަނީ ޗައިނާގެ ރައީސްއަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

މީގެ އިތުރުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކާމިޔާބު ދަތުރުފުޅެއް ކުރައްވާފައިވާ ކަމަށާއި، މިއަދު ރާއްޖެއިން ޗައިނާއާއެކު "ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޝަން ޕާޓްނަރޝިޕް" އެއް ދަމަހައްޓައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒު ހިފާފައިކަމަށް ވިދާޅުވި އެވެ.

މިމަހުގެ 18 އިން 23 އަށް ޗައިނާގެ ބެއިޖިންގ ގައި ކުރިއަށްދާ އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ސެމިނަރގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައި.ޕީ.ޔޫ.ގެ ރައީސް އާއި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް